އައްޑޫ ސިޓީގައި 8000 ޓޫރިސްޓު އެނދު ތަރައްގީ ކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދީފައިވާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ފުޅާކުރުމަށް އައްޑޫގައި 8000 އެނދު ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެެވެ. ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގައި 8000 އެނދު ތަރައްގީ ކުރުމަށް ރައީސް ސާލިޙު ވެވަޑައިގެންފައިވާ ވައުދު ނުފުއްދަވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެެވެ.
އެގޮތުން އައްޑޫގައި 8000 އެނދު ނުވަތަ 12000 އެނދު ތަރައްގީ ކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް މިހާރު ކޮށްދީފައިވާ ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލަށް ކޮށްދެވޭނެ ކަމަކީ 8000 އެނދު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ދޫކުރުން ކަމަށެވެ. އެގޮތުން އެނދު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ދޫކޮށްފައިވާއިރު ދެން ކޮށްދެވޭނެ ކަމަކީ އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން ޕްރޮޕަޓީ ޑިވްލޮޕް ކުރުމަކީ ޕްރައިވެޓް މީހުންގެ ކަމެއް، އަޅުުގަނޑުމެންނަށް ބިން ދީފައި އެއާ ގުޅޭ ވަސީލަތްތައް ގާއިމް ކުރެވޭނީ. އައްޑޫ ސިޓީ ކައުންސިލުގެ މި ދެންނެވި ފަސް ޒޯނުގައި ކުރަންޖެހޭ ކަންކަން އޮތީ ނިންމާފައި. ޕްލޮޓްތައް ދީފައި އޮތީ އެބޭފުޅުންނަށް ފައިސާ ހޯދޭނެ ގޮތް ވެސް ސަރުކާރުން އެބަ މަސައްކަތް ކުރަށްވާ،" ލ. ގަމުގައި މިއަދު ފަށާ ވިޔަވެތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ވަޑައިގެން ހުންނެވި އަލީ ނިޒާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު