މާލެ ކުނިކަހާ ސާފުކުރުމުގެ މައްސަލާގައި، އެ މަސައްކަތް މިހާރު ކުރަން ހަވާލު ކޮށްފައިވާ ވެމްކޯއާއި މާލެ ސިޓީ ކައުންސިލާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާތީ، އިޤްތިޞާދީ ތަޖުރިބާކާރު ނަފާ ނަސީމް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެ މައްސަލާގައި މިއަދު ނަފާ ނަސީމް ވިދާޅުވީ، ބޮޑު ހޭދައެއްކޮށް ގިނަ މުވައްޒަފުންތަކަކާއެކު އެތައް ދުވަހެއްގެ ބުރަ މަސައްކަތުން މާލޭގެ ކުނީގެ ކަންކަން ބެލެހެއްޓުމުގެ ނިޒާމު އެކުލަވާލާ ރަނގަޅަށް ހިނގައިނުގަނެ އޮއްވާ މިހާރު ފެންނަނީ ދެބަސްވެގެން އުޅޭތަން ކަމަށެވެ.
ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ނަފާ ނަސީމް ވަނީ މި ގައުމުގައި ރަނގަޅަށް ދާއިމީކޮށް ކަމެއް ކުރެވިދާނެ ބާއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
ނަސީމް މިފަދައިން ވިދާޅުވެފައި މިވަނީ، މާލޭގެ ކުނި ކަހާ ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ހަވާލު ކޮށްފައިވާ ވެމްކޯ އަތުން އެ މަސައްކަތް ނަގައި، ސިޓީ ކައުންސިލުން އަމިއްލައަށް އެކަން ކުރަން ނިންމާފައިވަނިކޮށެވެ.
އެ ކައުންސިލުން ބުނަނީ، މާލެތެރެ ސާފު ކުރުމުގެ މަސައްކަތް ވެމްކޯއާއި ބޮޑު އަގުގައި ހަވާލު ކޮށްފައިވީނަމަވެސް، އެކަން ވެމްކޯއިން އެންމެ ރަނގަޅަށް ނުކުރާތީ އެކަމުގެ ޝަކުވާ އަބަދު ލިބޭކަމަށެވެ. އަދި އެއަށްވުރެ ކުޑަ ހަރަދެއް ކޮށްގެން މާލެތެރޭގެ ކުނީގެ މައްސަލަ ސިޓީ ކައުންސިލަށް މާރަނގަޅަށް ކުރެވިދާނެކަމަށް އެ ކައުންސިލުން ދަނީ ބުނަމުންނެވެ.
ކައުންސިލްގެ އެ ނިންމުމަށް ވެމްކޯއިން ވަނީ ރައްދުދީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކުންފުނިން ބުނަނަނީ އެ ކުންފުނީގެ އެންމެ ގިނަ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރަނީ މާލޭގެ ކުނީގެ ކަންކަމުގައި ކަމަށެވެ. އަދި ކައުންސިލުން އަމިއްލައަށް އެކަން ކުރާނަމަ މާ ހަރަދު ބޮޑުވާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ނަމަވެސް، މިއަދު ކައުންސިލުން ނެރުނު ބަޔާނެއްގައި ވެސް، ކައުންސިލްގެ ނިންމުން ބަދަލުކުރަން ތައްޔާރު ނޫންކަން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު