ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދުގެ މަދަހަ އަލްބަމްގެ މަސައްކަތް ނިންމާލައި އެ އަލްބަމް ނެރެން ތައްޔާރުވެއްޖެއެވެ.
މިކަން ހާމަ ކުރައްވަމުން ޒައިދު މިއަދު ވިދާޅުވީ، "ކައިވެނި މަދަހަ" މިނަން ދީފައިވާ އެ މަދަހަ އަލްބަމަކީ އިސްލާމީ ހުދޫދްގެ ތެރެއަށް ފެތޭގޮތަށް ތައްޔާރު ކޮށްފައިވާ އަލްބަމެއް ކަމަށެވެ. އަދި މިއީ ކައިވެނި ހަފުލާތަކުގައި ޖެހުމަށް ހާއްސަ، ތާރަ ބޭނުންކޮށްގެން ހަދާފައިވާ ޓްރެކްތަކެއް ހިމެނޭ އަލްބަމެއް ނެރުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރެއްވި މަސައްކަތެއް ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ. އެހެންކަމުން އެކަން ހަގީގަތަކަށް ހަދައިދިނުމަށް މަސައްކަތް ކޮށްދިން އެންމެންނަށް ޝެއިޚް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އަލްބަމާ ގުޅޭގޮތުން ޝެއިޚް އިތުރަށް ވިދާޅުވީ، އެ އަލްބަމުގައި ޖުމުލަ 16 މަދަހަ ހިމެނޭނެ ކަމަށެވެ. އަދި އަލްބަމުގައި ހިމެނޭނީ އަމިއްލަ ރާގުތަކުގެ މަދަހަތައް ކަމަށް ވެސް ވިދާޅުވިއެވެ.
ޝެއިޚް ޒައިދުގެ އިތުރުން އެހެން ބައެއް ފަންނާނުންގެ އަޑުންވެސް މި އަލްބަމުގައި މަދަހަ ހިމާނަފައިވެއެވެ. މިއީ ރާއްޖޭގެ ދީނީ އިލްމުވެރިޔަކު ނެރުއްވާ މިފަދަ ފުރަތަމަ އަލްބަމްކަން ފާހަގަ ކޮށްލެވެއެވެ.
އަލްބަމްގެ މަސައްކަތްތައް ނިމުނުނަމަވެސް، އަލްބަމް ނެރޭނެ ދުވަހެއް ޝެއިޚް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ޝެއިޚް ޒައިދަކީ މީގެ ކުރިންވެސް ތަފާތު މަދަހަތައް ވިދާޅުވެފައިވާ ބޭފުޅެކެވެ.

الحمد لله!
— Ali Zaid (@alizaid1000) September 8, 2022
Good news! We have completed our Kaiveni Album which includes 16 tracks n we are planning to release it soon insha Allah! I thank all the people who helped us making this dream come true! 💚❤️💜💙 https://t.co/SxnFibd5Vg
އަލްބަމްގެ މަސައްކަތްތައް ނިމުނުނަމަވެސް، އަލްބަމް ނެރޭނެ ދުވަހެއް ޝެއިޚް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ޝެއިޚް ޒައިދަކީ މީގެ ކުރިންވެސް ތަފާތު މަދަހަތައް ވިދާޅުވެފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު