ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، ރ. އަނގޮޅިތީމުގައި އަތްތެރި މަސައްކަތް ދައްކުވައިދޭ މައުރަޒެއް މިއަދު ފަށައިފިއެވެ.
އެ ރަށުގައި ތަރައްގީ ކޮށްފައިވާ ޓޫރިސްޓް ވިޒިޓަރސް ސެންޓަރުގައި ފެށި މިމައުރަޒުގައި ރ. އަތޮޅުގެ އެކި ރަށްތަކުން ބައިވެރިވެ އަތްތެރި މަސައްކަތްތުގެ ހުނަރުތައްވަނީ ދައްކާލާފައެވެ. ކުރީގެ އާދަކާދައާއި ކާބަފައިންގެ ދިރިއުޅުން ހުރި ގޮތް ދައްކުވައިދޭ ތަފާތު މަސައްކަތްތައް މި މައުރަޒުން ފެނިގެން ގޮސްފައިވެއެވެ.
އެގޮތުން، އޮޑި ދޯނި ފަހަރާއި ތަފާތު އެކި ވައްތަރުތަކުގެ ކާތަކެތިވެސް މި މައުރަޒުން ފެނިގެންދިޔައެވެ. އިހުޒަމާނުގެ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ގިނަ ބާވަތްތަކެއް މީގެ ތެރޭގައި ހިމެނޭއިރު އެއީ މުޅިންވެސް ދިވެހިންގެ އުފެއްދުންކަން ފާހަގަ ކޮށްލެވެއެވެ.
"މި އެގްޒިބިޝަނަށް އަޅުގަނޑުމެން ތައްޔާރުވަމުން އަންނަތާ ވަރަށް ދުވަސްވެއްޖެ. މުޅި ރ. އަތޮޅުގެ އަތްތެރިކަމުގެ މަސައްކަތް އެގްޒިބިޝަނުން ފެނިގެންދާނެ. އަދި މިކަން މިހާ ފުރިހަމައަށް ކާމިޔާބުވެގެންދާތީ ވަރަށް އުފާކުރަން." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މި މައުރަޒުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޓޫރިޒަމް މިނިސްޓްރީއާއި އަތޮޅު ކައުންސިލްގެ އިސް ފަރާތްތަކުންނާއި އެ އަތޮޅުގެ ގިނަ ރިސޯޓުތަކުން މަންދޫބުން ވަނީ އަނގޮޅިތީމަށް ވަޑައިގެންފައެވެ.
މި މައުރަޒަކީ، ރ. އަތޮޅު ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މި އަހަރު ކުރިއަށް ގެންދާ ރ. ޓޫރިޒަމް އެކްސްޕޯގައި ހިމެނިގެން ކުރިއަށް ގެންދާ މައުރަޒެކެވެ. މި އެކްސްޕޯގެ އެހެން ބައެއް ހަރަކާތްތައް މީގެ ކުރިން ރ. މީދޫ އަދި ހުޅުދުއްފާރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެކްސްޕޯ ނިންމުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައި ބާއްވާ ހާއްސަ ގާލާ ނައިޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު