ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ރަށްރަށުގެ ކައުންސިލްތައް ބާރުވެރި ނުވާވަރަށް މި ވެރިކަމުގައި ކައުންސިލްތައް ބާރުވެރި ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ވިދާޅުވީ، ދިވެހި ތާރީހުގައި ކައުންސިލްތައް ބާރުވެރި ނުވާ މިންވަރަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕްގައި ކައުންސިލްތައް ބާރުވެރިވެ ތަފާތު ކުރުމެއްނެތި ރަށްރަށުގައި ހިދުމަތްތައް ފުރިހަމަވަމުން ދާކަމަށެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެން ދިޔައީ، ކައުންސިލްތައް ހުއްޓުވާ ސަސްޕެންޑް ކުރި މަންޒަރު ކަމަށެވެ.
ސައުދު މިފަދައިން ވިދާޅުވެފައި މިވަނީ، ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލްތައް ބާރުވެރި ކުރުމަށް ސަރުކާރުން ފަށާފައިވާ "ވިޔަވަތި ރާއްޖެ" ކޮންފަރެންސަށް ރައީސް ޞާލިޙް ލ. ގަމަށް މިއަދު ވަޑައިގެންފައިވަނިކޮށެވެ. މިއަދު ފެށި މި ކޮންގްރެސް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ދެމިގެންދާނެއެވެ.

Dhivehi thārēkh ga council thah bāruveri nuvā minvarah Raees @ibusolih ge leadership ga midhany council thah bāruverive, thafāthu kurumeh nethi rahrashuge khidhumai furihama vamun. Meege kurin RY verikamuga fenigen dhiyaee council thah huttuwa suspend kuri manzaru. #Heyoverikan
— Saud Hussain MP (@SaudVillingili) September 10, 2022
ސައުދު މިފަދައިން ވިދާޅުވެފައި މިވަނީ، ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލްތައް ބާރުވެރި ކުރުމަށް ސަރުކާރުން ފަށާފައިވާ "ވިޔަވަތި ރާއްޖެ" ކޮންފަރެންސަށް ރައީސް ޞާލިޙް ލ. ގަމަށް މިއަދު ވަޑައިގެންފައިވަނިކޮށެވެ. މިއަދު ފެށި މި ކޮންގްރެސް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ދެމިގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު