ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރަސްމީ ދަތުރުފުޅެއްގައި ލ. އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ވަޑައިގެންނެވީ މިއަދު އެ އަތޮޅުގައި ފަށާ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ސަގާފީ ހަރަކާތްތަކާއެކު އެމަނިކުފާނަށް މަރުހަބާ ދެންނެވިއިރު، އެ ރަށުގެ ގިނަ ބަޔަކު ވަނީ ރައީސަށް މަރުހަބާ ދެންނެވުމަށް އެއަރޕޯޓަށް ގޮސްފައެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބާއްވަވަމުން އަންނަ ސިލްސިލާ ކޮންފަރެންސެކެވެ. މީގެކުރިން މި ކޮންފަރެންސް ވަނީ މާލެއާއި އުކުޅަހުގައިވެސް ބާއްވާފައެވެ.
މި ފަހަރުގެ ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10 އިން 12އަށް ހައްދުންމަތީ ގަމުގައެވެ.
މި ކޮންފަރެންސްގައި 107 ކައުންސިލަރުންނާއެކު ސަރުކާރުގެ އިސްވެރިންނާއި އެސްއޯއީތަކުގެ އިސްބޭފުޅުން ހިމެނޭގޮތުން 270 ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ސަރަހައްދީ ތަރައްޤީއާ ގުޅޭ މަޝްވަރާތަކެވެ. އަދި ވަކި ވަކި ރަށްރަށާއި އަތޮޅުތަކާއި ސިޓީތަަކަށް ރާވާފައިވާ ޕްލޭންތަކާއި ގުޅޭ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކުން ދެއްވާނެއެވެ. އަދި ލާމަރުކަޒީ ޤާނޫނު އިތުރަށް ފުރިހަމަކުރުމާއި ގުޅޭ މައުލޫމާތުތައްވެސް މި ކޮންފަރެންސްގެ ތެރެއިން ފޯރުކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު