ދެކުނު އޭޝިއާ ސަރަހައްދުގައި ފައިނޭންޝަލް އިންކްލޫޝަން ނުވަތަ މާލީ ބައިވެރިވުން އިތުރުކުރުމުގެ މަޤުސަދުގައި އެލަޔަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން (އަފީ) އިން އިސްނަގައިގެން އުފެއްދި ސައުތު އޭޝިއާ ރީޖަން ފައިނޭންޝަލް އިންކްލޫޝަން އިނީޝިއޭޓިވް (ސާފީ) އިފްތިތާހުކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޗެއަރ ކުރާ މި އިނީޝިއޭޓިވް އިފްތިތާހު ކުރެވިގެން ދިޔައީ ޖޯޑަންގައި ކުރިއަށްދާ އަފީގެ ގްލޯބަލް ޕޮލިސީ ފޯރަމްގައެވެ.
އަފީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާލީ ބައިވެރިވުން އިތުރުކޮށް މާލީ ބައިވެރިވުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތަށް އެކުލަވާލުމަށް ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ މެންބަރު ނެޓްވޯކްއެކެވެ. މިގޮތުން ދުނީޔޭގެ ވަކި ވަކި ސަރަހައްދުތަކުގައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަފީއިން ވަނީ ރީޖަނަލް އިނީޝިއޭޓިވްސްތަކެއް އިފްތިތާހު ކޮށްފައެވެ. މިގޮތުން ސާފީއަކީ ދެކުނު އޭޝިއާ ސަރަހައްދަށް އަފީއިން އިސްނަގައިގެން އުފެއްދި އިނީޝިއޭޓިވްއެކެވެ.
ސާފީގެ މައިގަނޑު މަޤްސަދަކަށް ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން ސަރަހައްދީ އެއްބާރުލުން އިތުރުކޮށް މި ސަރަހައްދުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމެވެ. މިގޮތުން ސަރަހައްދީ ގައުމުތަކުގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުތައް ދެނެގަނެ މި ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަކީ ސާފީގެ އުފެއްދުމުގެ މުހިންމު މަގްސަދެކެވެ.
ސާފީ އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ސާފީގެ ފުރަތަމަ ދައުރުގެ ޗެއަރގެ ހައިސިއްޔަތުން ދެކުނު އޭޝިއާ ސަރަހައްދުގައި މާލީ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިސްނަގައިގެން ކުރައްވާނެ މަސައްކަތްތަކަށް އަލި އަޅުވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، މާލީ ބައިވެރިމުވާ ގުޅޭ ލަނޑުދަނޑިތައް ހާސިލްރުމަށާއި އެކަމާ ގުޅޭ ޕޮލިސީތައް އެކުލަވާލުމުގައި ސަރަހައްދީ ގައުމުތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ސާފީ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި އަފީގެ މެނޭޖްމަންޓާއި މަރުކަޒީ ބޭންކްތަކުގެ ގަވަރުނަރުންނާއި އަފީ މެންބަރު ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވަޑައިގެންނެވިއެވެ.

We celebrate the launch of South Asia Region Financial Inclusion Initiative SARFII at @NewsAFI 's Global Policy Forum held in Jordan to advance financial inclusion. MMA is the first Chair of SARFII and Nepal Rastra Bank is the vice chair for the term (2022-2024) pic.twitter.com/6c8g4ufs0Y
— MMA (@MMA_Maldives) September 8, 2022
ސާފީގެ މައިގަނޑު މަޤްސަދަކަށް ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން ސަރަހައްދީ އެއްބާރުލުން އިތުރުކޮށް މި ސަރަހައްދުގެ މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމެވެ. މިގޮތުން ސަރަހައްދީ ގައުމުތަކުގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުތައް ދެނެގަނެ މި ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަކީ ސާފީގެ އުފެއްދުމުގެ މުހިންމު މަގްސަދެކެވެ.
ސާފީ އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ސާފީގެ ފުރަތަމަ ދައުރުގެ ޗެއަރގެ ހައިސިއްޔަތުން ދެކުނު އޭޝިއާ ސަރަހައްދުގައި މާލީ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިސްނަގައިގެން ކުރައްވާނެ މަސައްކަތްތަކަށް އަލި އަޅުވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، މާލީ ބައިވެރިމުވާ ގުޅޭ ލަނޑުދަނޑިތައް ހާސިލްރުމަށާއި އެކަމާ ގުޅޭ ޕޮލިސީތައް އެކުލަވާލުމުގައި ސަރަހައްދީ ގައުމުތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ސާފީ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި އަފީގެ މެނޭޖްމަންޓާއި މަރުކަޒީ ބޭންކްތަކުގެ ގަވަރުނަރުންނާއި އަފީ މެންބަރު ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު