އައްޑޫ މީހުންނަށް ލިބުނު ކުރިއެރުމެއްވެސް އަދި ލިބުނު ތަރައްގީއެއްވެސް ލިބުނީ އިނގިރޭސި ރާނީ އެލިޒަބަތު 2 ގެ ފަރާތުން ކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.
96 އަހަރުގައި އިއްޔެ އަވަހާރަވި ރާނީގެ ހިދުމަތަށް ބައެއް ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން، އެކަމަނާއަކީ އިސްލާމުންނާއި އިންސާނިއްޔަތާއި ދެކޮޅަށް މަސައްކަތް ކުރަށްވާފައިވާ ބޭފުޅެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. އެކަމަށް ރައްދު ދެއްވާ، އުގައިލް މިރޭ ވިދާޅުވީ، ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް އައްޑޫ މީހުންނަށް ލިބުނު ކުރިއެރުމެއްވެސް އަދި ލިބުނު ތަރައްގީއެއް ވެސް ލިބުނީ މީގެ ފަންސާސް އަހަރަށްވުރެ ކުރިން އިނގިރޭސީންގެ ފަރާތުން، އިނގިރޭސި ރާނީގެ ފަރާތުން ކަމަށެވެ.
އަދި އޭގެ ފަހުން އައްޑޫއަކަށް މާބޮޑު ކުރިއެރުމެއް އައިސްފައި ނުވާކަމަށްވެސް އުގައިލް ވަނީ ވިދާޅުވެފައެވެ. އަދި ރާނީގެ ހިދުމަތަށް ބައެއް ފަރާތްތަކުން ފާޑުކިޔުންތައް ރައްދު ކުރަމުންދަނިކޮށް، އެފަދަ ތަޢުރީފުގެ ބަސްފުޅެއް ވިދާޅުވުމުން އުގައިލްވަނީ، އެގޮތަށް ވިދާޅުވުމުން އޭނާ ނޮޅައިގެން ކައިނުލުމަށް އައްޑޫ ބަހުރުވައިން މަޖާޒީ ގޮތަކަށް އެދިވަޑައިގެންފައެވެ.
ރާނީ ވަނީ 1972 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު އައްޑޫއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެކަމަނާއަކީ ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު