ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެންފިއެވެ.
ރައީސް ސާލިޙު ހިންނަވަރަށް ވަޑައިގަތީ މިއަދު ހަވީރު ކުޅޭ ފުޓްބޯޅަ މެޗެއް ބައްލަވާލެއްވުމަށެވެ. ރައީސްގެ އުފަން ރަށް ހިންނަވަރަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެެ.
ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރަނީ ހިންނަވަރު ސްޕޯޓްސް ކްލަބާއި ނައިފަރު ޗެލްސީއެވެ. ހިންނަވަރު ސްޕޯޓްސް ކްލަބުގައި ރާއްޖޭގެ މަގުބޫލު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނެއެވެ.
މި މުބާރާތަކީ ހިންނަވަރު އިނޮވޭޓިވް ޔޫތު އެސޯސިއޭޝަން (ހިރިޔާ) ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
ފައިނަލް މެޗް ކުޅޭނީ މިއަދު ހަވީރު ހިންނަވަރުގައެވެ.
މި މުބާރާތުގެ ފައިނަލް މިއަދު ހަވީރު ކުޅޭގޮތަށް ހަމަޖެހިފައިވާއިރު ފައިނަލުގައި ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާއެވެ. މި އިނާމުގެ އިތުރުން ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) ވަނީ އޭނާގެ ވިޔަފާރި، ޗަމްޕާ ބްރަދާސްގެ ނަމުގައި ޗެމްޕިއަން ޓީމަށް 75،000 ރުފިޔާ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު