ގާނޫނީ ގޮންޖެހުމާއެކު ގްރީން ޓެކްސް ނެގުން ހުއްޓުމުން ދައުލަތަށް ލިބެންޖެހޭ 200 މިލިއަން ރުފިޔާ ގެއްލިގެންދާނެ ކަމަަށް އަންދާޒާ ކުރެވޭ ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުން ގްރީން ޓެކްސް ނެގުން ހުއްޓި ގާނޫނީ ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ. ސަރުކާރުން ވަނީ ފަތުރުވެރިން އަންނަ ތަންތަނުން ގްރީން ޓެކްސް ނަގަން ނިއްމައި މަޖިލީހަށް އިސްލާހެއް ހުށައަޅާފައެވެ.
ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓްގައި ގްރީން ޓެކްހުން 600 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓްގައި އަންދާޒާ ކޮށްފައިވާ ކަމަށާއި، ގާނޫނީ ގޮންޖެހުމާއެކު ގްރީން ޓެކްސް ނެގުން ހުއްޓުމުން އެފައިސާ ދައުލަތަށް ނުލިބޭނެ ކަމަށެވެ. އެގޮތުން ގްރީން ޓެކްސް ނެގުން ހުއްޓުމުން 150 މިލިއަން ރުފިޔާއާއި 200 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދައުލަތަށް ގެއްލިގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
"ދެން އެހެނިހެން ގޮތްގޮތުން އަޅުގަނޑުމެން އާމްދަނީ އިތުރުކޮށްގެންވިޔަސް ކޭޝް ފުލޯ މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރާނަން، އަޅުގަނޑުމެން ގާނޫނުގެ ތެރޭގައި ވެސް ހިމަނާފައިވާނެ ގްރީން ޓެކްސް ކަލެކްޓް ކޮށްފައި ހުރިއްޔާ އެ ފައިސާ ދައްކާގޮތަށް،" އަމީރު ވިދާޅުވިއެެވެެ.
ރައްޔިތުންގެ މަޖިލީހުން ޓޫރިޒަމް ގާނޫނަށް ގެނައި އެ އިސްލާހު ފާސްކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހެވެ. އަދި، މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު ރައީސް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފައެވެ. އެ ގާނޫނަށް ގެނައި އިސްލާހުގެ މަގުސަދަކީ ރިސޯޓުތަކެކޭ އެއްފަދައިން، ހޮޓާތަކާއި ގެސްޓް ހައުސްތަކުން ވެސް ގްރީން ޓެކްސް ނަގަން ފެށުމެވެ.
ނަމަވެސް، އެ ގާނޫނުގެ 35ވަނަ މާއްދާގެ (ކ)އަށް ގެނައި އިސްލާހުގައި ބުނާގޮތުން ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާއެކު، މިހާތަނަށް ރިސޯޓުތަކުން ނަގަމުން އައި ގްރީން ޓެކްސް ވެސް ވަނީ ހުއްޓިފައެވެ.
އެ ޓެކްސް އަލުން ނަގަން ފެށުމަށް ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް މިހާރު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވަނީ ގްރީން ޓެކްސް ނުނެގޭ މުއްދަތުގެ ތެރޭގައި އެ ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު އެ ފަތުރުވެރިޔަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށެވެ.
ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ތަނެއްގައި ނަމަ އެތަނެއްގައި އެ މީހަކު ހުންނަ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އަދި އެއަށްވުރެ ދަށް އަދަދެއްގެ ކޮޓަރި ހުންނަ ތަނެއްގައި ނަމަ، އެތަނެއްގައި އެމީހަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު