އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާކޮށްފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މިދިޔަ މަހުގެ ތެރޭގައި ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު ޖިންސީ ގުޅުން ހިންގި މައްސަލައިގަ އެވެ.
އެކަން ހާމަވީ އެ ދެ މީހުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ޖޫން މަހުގެ ފަހުކޮޅު ޝޯޝަލް މީޑިޔާގައި އާންމުވުމާއި ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ނާޒިމް ޖުލައި މަހުގެ ތެރޭގައި ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީއަށް ފޮނުވުމުން މިދިޔަ މަހުގެ ތެރޭގައި އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އާދީއްތަ ދުވަހު ފަށަން ތާވަލްކޮށްފައިވާއިރު އެ މައްސަލާގައި އަމިއްލަ އިއުތިރާފުން ކުށް ސާބިތުވެ އަލަމްގީރަށް 7 މަހާއި 7 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.
އަލަމްގީރާ އެކީ ގުޅުން ހިންގައިގެން މިހާތަނަށް ދައުވާކުރި މީހުންގެ ތެރޭގައި ހިމެނެނީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއް ރަހުމާން ރަފީއު (ދޮންދިގު) އެެވެ. މީގެ އިތުރުން އެމައްސަަލައިގައި އިތުރު ބަޔަކު ވެސް ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު