އިނގިރޭސި ރާނީ ކުއީން އެލިޒަބަތް 2، އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު، އެގައުމުގެ ޝާހީ އާއިލާ އަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރާނީ މިރޭ އަވަހާރަވެވަޑައިގެންނެވުމާއި ގުޅިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިނގިރޭސި ތާރީޚުގައި އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި ކުއީން އެލިޒަބަތު 2 އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ.

އަދި ރާނީ އަކީ ކޮމަންވެލްތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ބޭނުންޖެހިއްޖެ ކޮންމެ ދަނޑިވަޅެއްގައި އެކުވެރި ގައުމުތަކާއެކު ހަރުދަނާ ލީޑަރޝިޕް ދައްކަވާފައިވާ ބޭފުޅެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.



އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހުތަށާއި، ހެޑް އޮފް ކޮމަންވެލްތުގެ މަގާމަށް ރާނީ އިސްކުރެވުނީ މީގެ 70އަހަރު ކުރިން 1952ވަނަ އަހަރުއެވެ.

އުމުރުފުޅުން 96 އަހަރުގެ ރާނީ އަވަހާރިވެފައިވާކަން ބަކިންގްހަމް ގަނޑުވަރުން މިރޭގެ ވަގުތެއްގައި ވަނީ އިއުލާނު ކޮށްފައެވެ. އެކަމަނާ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ގަނޑުވަރުގައި ސިއްހީ ހާލުކޮޅު ދެރަވެ، ފަރުވާ ދެމުންދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު