އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ އޮމްބަޑްސްޕާސަން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވައިފިއެވެ.
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ލެކްޗަރާއެއްގެ މަގާމުގައި ހުންނަވަނިކޮށް، އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި ލައިޒާގެ އިސްތިއުފާގެ ސިޓީ އަންގާރަ ދުވަހު ލިބިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ނަމަވެސް، ލައިޒާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ އޮމްބަޑްސްޕާސަން މަގާމަށް ހ. ފެހިއާލާ / މަރިޔަމް ލައިޒާއާއި ގއ. ކަނޑުހުޅުދޫ ބްލޫރޯޒް، ޖިހާދާ އަނީސް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި އުފެއްދި މި އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު