ފަތުވާ ދޭ މަޖިލީހުގެ ބަދަލުގައި ފިގުހު އެކަޑަމީއެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ފިގުހު އެކަޑަމީއެއް އެކުލަވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެެވެ. އެގޮތުން މަޖިލީހުގައި މިހާރު ހިނގަމުންދާ ދައުރަށް ފިގުހު އެކަޑަމީ އުފެއްދުމަށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އޮތީ ފިގުހު އެކަޑަމީއެއް އެކުލަވާލަން ނިންމާފައި ކަމަށެވެ.
"ފިގުހު އެކަޑަމީ އެކުލަވާލެވި ފަތުވާ މަޖިލީހުން މި ކުރަމުންދާ މަސައްކަތް ކުރަމުންދާނެ، ފިގުހު އެކަޑަމީ ރަނގަޅަށް އެކުލަވާލެވި އިރާދަކުރެއްވިޔާ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަށް ގެނެސް ފިގުހު އެކަޑަމީ އެކުލަވާލުމަށް މި މަސައްކަތް ކުރަމުންދަނީ." މިއުވާން ވިދާޅުވިއެވެ.
ދީނީ މައްސަލަތަކުގައި، ހާއްސަކޮށް ހިލާފު އުފެދޭ މައްސަލަތަކުގައި ފަތުވާ ނެރުމުގެ ޒިންމާ ހަވާލުކޮށް ފަތުވާ މަޖިލިސް އެންމެ ފުރަތަމަ އެކުލަވާލީ އޭޕްރިލް 25، 2016 ގައެވެ. އެހެން ނަަމަވެސް ފަތުވާ މަޖިލީހުގެ މަސައްކަތް ހުއްޓިފައި އޮތުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު