މުދާ ބަރުކޮށްގެން މާލެއިން ދިޔަ ހއ. ކެލާ ސަވާރީ ބޯޓު، ހދ. ނޮޅިވަރަންފަރަށް ވަންނަން އުޅެނިކޮށް އެރަށު ބޭރު ހިލަތޮއްޓަށްއުރި، ބޯޓު ފޫގޮސް އަޑިއަށް ހިނގައްޖެއެވެ.
ނޮޅިވަރަންފަރު ކައުންސިލަރަކު "ރަސް އޮންލައިން" އަށް ވިދާޅުވީ، އެ ބޯޓު ނޮޅިވަރަންފަރު ބަނދަރުގެ ބޭރުތޮށްޓަށް އުރި، ބޯޓު ފޫގޮސް އަޑިއަށް ގޮސްފައިވާކަމަށެވެ. އަދި ވަކިވަރަކަށް ބޯޓު އަޑިއަށް ދިޔުމުން ބީހިފައިވާތީ ވަކި ހިސާބެއްގައި ހިފެހެއްޓިފައި އޮތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބޯޓަކީ އާންމުކޮށް މީހުން އުފުލާ ބޯޓެއް ނޫންކަމަށާ، އެ ބޯޓު އެ ރަށަށް ދިޔައީ ވެސް މުދާ ހުސްކުރަން ކަމަށެވެ. އަދި އެ ރަށަށް ގެންދިޔަ މުދާތައް އަދި ހުރީ ބޯޓުގައި ކަމަށާއި އޭގެ ތެރެއިން އޮޔާދާ ތަކެތި ރައްޔިތުންނާއި ފުލުހުން ގުޅިގެން ނަގާ އެއްގަމަށް އެރުވުމުގެ މަސައްކަތް ކުރަމުން ދާކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބޯޓު ފަރަށް އެރިތާ އިރުތަކެއް ވެފައިވާއިރު، މިރޭ 8:10 ހާއިރު އެމްއެންޑީއެފްގެ ޓީމެއް އެރަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު