ހޮނިހިރު ދުވަހު ހައްދުންމަތީ ގަމުގައި ފަށާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި 270 ބޭފުޅުން ބައިވެރިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާރސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރައްވައި، މިޢްވާން ވިދާޅުވީ، ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ލ.އަތޮޅަށް ވަޑައިގަންނަވާނެ ކަމަށެވެ.
މިޢްވާން ވިދާޅުވީ، މިފަހަރުގެ ވިޔަވަތި ކޮންފަރެންސް އަޮންނާނީ މި ސެޕްޓެމްބަރު މަހުގެ 10އިން 12އަށް ހައްދުންމަތީ ގަމުގައި ކަމަށާއި، މި ކޮންފަރެންސްގައި 107 ކައުންސިލަރުންނާއި އެކު ސަރުކާރުގެ އިސްވެރިންނާއި އެސްއޯއީތަކުގެ އިސްބޭފުޅުން ހިމެނޭގޮތުން 270 ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އޭގެތެރޭގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނޭނެއެވެ.
ލ. ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ބައިވެރިވާނީ ދ، ރ، ލ، ގއ، ގދ ގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ ކައުންސިލުންނެވެ.
ލ. އަތޮޅުގައި ކުރިއަށްދާ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ބިނާވެށި ޕްލޭން އެކުލަވާލުން، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖްތަމައެއް ބިނާކުރުމެވެ.
މި ކޮންފަރެންސްގައިވެސް ސްޕޯޓްސް ފެސްޓިވަލެއް މިމަހު 10 ވަނަ ދުވަހުގެ ހަވީރު، ލ. ގަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސް އެންމެފަހުން ބާއްވާފައި ވަނީ އއ.އުކުޅަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު