ރަށްރަށުގައި އުޅޭ މީހުން މާލެ އަންނަނީ ރަށުގައި މަޖާކުރަން ކުރާނެ ކަމެއް ނެތިގެންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރަށްރަށުން މީހުން މާލެ އަންނަ ސަބަބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އަތޮޅުތެރެއިން މީހުން މާލެއަށް ހިޖުރަކުރަނީ ރަށްރަށުގައި ކުރާނެ ކަމެއް ނެތުމާއެކު މުނިފޫހިފިލުވަންކަމަށެވެ. އެގޮތުން ރަށްރަށުގައި ސިނަމާފަދަ ތަންތަން ނުހުންނަކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމަނިކުފާނަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.
ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އޭނާ މާލެއަށް ހިޖުރަ ކުރެއްވީ އުމުރުން 16 އަހަރު ފުރުނު ފަހުންކަމަށެވެ. އަދި މާލެއައި އިރު އެއްވެސް ވަރަކަށް އިނގިރޭސި އެނގިވަޑައި ނުގަންނަވާތީ ވެދެވަޑައިގަންނަވަން ޖެހުނީވެސް އެމްއީއެސްގެ ގްރޭޑް 6 އަށް ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ އެއީ ދައްކަވަން މާ މަޖާ ވާހަކައެއް ނޫންކަމަށެވެ. އަދި މާލެ އައީ ރަށުގައި މަޖާކުރަން ކުރާނެ ކަމެއް ނެތިގެން ނޫންކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
ރަށްރަށުގައި އުޅޭ މީހުން މާލެ އަންނަނީ ރަށުގައި މަޖާކުރަން ކުރާނެ ކަމެއް ނެތިގެންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު ރައީސް ނަޝީދު ވެސް އެ ވާހަކަތައް އިތުރަށް ދައްކަވާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އަދި އެ ވާހަކަތައް ފަހުން ތަރުޖަމާކޮށްދެއްވާނެއެވެ.
މާލެއާއި ރަށްރަށުގެ މީހުންގެ މެދުގައި ޒުވާބެއް އުފެދިގެން މިއުޅެނީ މާލެ ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތި ދޭ ވާހަކަ ދެއްކި ހިސާބުންނެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން ގޯތި ދެނީ މާލެއަށް އުފަން، މާލެ މީހުންނަށެވެ. ރަށްރަށުން މާލެ އައިސް ވަޒަންވެރިވެފައި ތިބި މީހުންނަކަށް މިފަހަރަކު ގޯއްޗެއް ނުލިބެއެވެ. މާލޭ މީހުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމާމެދު އަތޮޅުތަކުން މާލެ ހިޖުރަކޮށްގެން އުޅޭ މީހުން ނުރުހިގެން އެމައްސަލަ ބޮޑު ޒުވާބަކަށް ވެފައިވާއިރު އަތޮޅުތަކުގެ ރަށްތަކުން އެރަށްރަށުގެ ރަށްވެހިންނަށް ހިލޭ ގޯތި ދޭއިރު މާލޭ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމަށް އެމީހުން ނުރުހޭ ސަބަބެއް ކަނޑައެޅިގެން ދަންނަވާކަށް ނޭނގެއެވެ. މި ޒުވާބުގައި ބައިވެރިވާ އެކި މީހުން ދައްކަމުން ގެންދަނީ އެކި ހުއްޖަތެވެ.
ބައެއް މީހުން ދައްކާ ހުއްޖަތަކީ މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫން ކަމަށް ބުނެ ދައްކާ ވާހަކައެވެ. އަދި ދައުލަތުގެ ބަޖެޓުން ބިން ހިއްކައިގެން މާލޭ މީހުންނަށް އެކަނި މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ އުސޫލެއް ނޫން ކަމަށް ވެސް އެފަދަ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މާލޭ މީހުން ބުނަމުންދަނީ ރަށްރަށުގެ ރައްޔިތުންނަށް ރަށުން ގޯތި ހިލޭ ލިބެންޏާ މާލޭ މީހުންނަށް ވެސް އެއުސޫލު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ރަށްރަށުގެ ބިން ހިއްކަނީ ވެސް ދައުލަތުގެ ބަޖެޓުން ކަމަށާއި އަދި އެރަށްރަށުގެ ރައްޔިތުންނަށް ހިއްކި ބިމުން ހިލޭ ގޯތި ދޭ އުސޫލުން މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަކީ ހަމަ އެއުސޫލުން ކުރެވޭ ކަމެއް ކަމަށް މާލޭ މީހުން ބުނެއެވެ. މެންބަރު އަލީ ހުސައިނަކީ މި ޒުވާބުގައި ބައިވެރިވެ ވަޑައިގެން މާލޭ މީހުންނަށް ގޯތި ދިނުމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރަށްވާ ބޭފުޅެކެވެ.

އަހަރެން މާލެ އައީ އުމުރުން 16 އަހަރު ފުރުނުފަހުން. އިނގިރޭސި އެއްވެސް ވަރަކަށް ނޭނގޭތީ ވަންނަންޖެހުނީވެސް MES ގްރޭޑް 6 އަަށް. މިއީ ދައްކަން މާ މަޖާ ވާހަކައެއް ނޫން. މާލެ އައީކީ ރަށުގައި މަޖާކުރަން ކުރާނެ ކަމެއް ނެތިގެން ނޫން.
— Ali Hussain (@AleeVoice) September 8, 2022
އަލީ ހުސައިން ވިދާޅުވީ އެއީ ދައްކަވަން މާ މަޖާ ވާހަކައެއް ނޫންކަމަށެވެ. އަދި މާލެ އައީ ރަށުގައި މަޖާކުރަން ކުރާނެ ކަމެއް ނެތިގެން ނޫންކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
ރަށްރަށުގައި އުޅޭ މީހުން މާލެ އަންނަނީ ރަށުގައި މަޖާކުރަން ކުރާނެ ކަމެއް ނެތިގެންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު ރައީސް ނަޝީދު ވެސް އެ ވާހަކަތައް އިތުރަށް ދައްކަވާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އަދި އެ ވާހަކަތައް ފަހުން ތަރުޖަމާކޮށްދެއްވާނެއެވެ.
މާލެއާއި ރަށްރަށުގެ މީހުންގެ މެދުގައި ޒުވާބެއް އުފެދިގެން މިއުޅެނީ މާލެ ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތި ދޭ ވާހަކަ ދެއްކި ހިސާބުންނެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން ގޯތި ދެނީ މާލެއަށް އުފަން، މާލެ މީހުންނަށެވެ. ރަށްރަށުން މާލެ އައިސް ވަޒަންވެރިވެފައި ތިބި މީހުންނަކަށް މިފަހަރަކު ގޯއްޗެއް ނުލިބެއެވެ. މާލޭ މީހުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމާމެދު އަތޮޅުތަކުން މާލެ ހިޖުރަކޮށްގެން އުޅޭ މީހުން ނުރުހިގެން އެމައްސަލަ ބޮޑު ޒުވާބަކަށް ވެފައިވާއިރު އަތޮޅުތަކުގެ ރަށްތަކުން އެރަށްރަށުގެ ރަށްވެހިންނަށް ހިލޭ ގޯތި ދޭއިރު މާލޭ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމަށް އެމީހުން ނުރުހޭ ސަބަބެއް ކަނޑައެޅިގެން ދަންނަވާކަށް ނޭނގެއެވެ. މި ޒުވާބުގައި ބައިވެރިވާ އެކި މީހުން ދައްކަމުން ގެންދަނީ އެކި ހުއްޖަތެވެ.
ބައެއް މީހުން ދައްކާ ހުއްޖަތަކީ މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫން ކަމަށް ބުނެ ދައްކާ ވާހަކައެވެ. އަދި ދައުލަތުގެ ބަޖެޓުން ބިން ހިއްކައިގެން މާލޭ މީހުންނަށް އެކަނި މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ އުސޫލެއް ނޫން ކަމަށް ވެސް އެފަދަ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މާލޭ މީހުން ބުނަމުންދަނީ ރަށްރަށުގެ ރައްޔިތުންނަށް ރަށުން ގޯތި ހިލޭ ލިބެންޏާ މާލޭ މީހުންނަށް ވެސް އެއުސޫލު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ރަށްރަށުގެ ބިން ހިއްކަނީ ވެސް ދައުލަތުގެ ބަޖެޓުން ކަމަށާއި އަދި އެރަށްރަށުގެ ރައްޔިތުންނަށް ހިއްކި ބިމުން ހިލޭ ގޯތި ދޭ އުސޫލުން މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަކީ ހަމަ އެއުސޫލުން ކުރެވޭ ކަމެއް ކަމަށް މާލޭ މީހުން ބުނެއެވެ. މެންބަރު އަލީ ހުސައިނަކީ މި ޒުވާބުގައި ބައިވެރިވެ ވަޑައިގެން މާލޭ މީހުންނަށް ގޯތި ދިނުމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރަށްވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު