ސަރުުކާރެއް ވައްޓާލަން އެއްވެސް އިރެއްގައި މަސައްކަތް ކުރަށްވާފައިނުވާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެެއެެވެ.
ދައުލަތުގެ މީޑިޔާ، ޓީވީއެމްގެ "ރަންއަކުރު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ ސަރުކާރެއް ވައްޓާލުމަށް މަސައްކަތް ކުރަށްވާފައިނުވާނެ ކަމަށެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އަމިއްލަ ރޭޑިއޯ ޝްޓޭޝަން، ދިއެފްއެމްއާއި އަދި ފުރަތަމަ ޓީވީ ޗެނަލް، ދިޓީވީ އުފެއްދެވުމުގައި އިސްކޮށް ހުންނެވި އުއްޗު ވިދާޅުވީ އެ ދުވަސްވަރަކީ ރައީސް މައުމޫންގެ ސަރުކާރު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރި ދުވަސްވަރެއް ކަމަށާއި އެކަމުގައި އެހީތެރިވެ ދިނުމަށް ބައެއް ފަރާތްތަކުން އެދުނު ކަމަށެވެ. އެހެންނަމަވެސް ސަރުކާރެއް ވައްޓާލަން އެހީނުވާނެ ކަމަށް ވިދާޅުވެ އެކަމާ އިންކާރު ކުރެެއްވި ކަަަމަށް އުއްޗު ވިދާޅުވިއެެވެ.
"އެއްވެސް އިރެެއްގައި އެއްވެސް ސަރުކާރެެއް ވައްޓާލަން އަޅުގަނޑު މަސައްްކަތެއް ނުކުރާނަން، ކުރިކަމެއް ވެސް ނޫން ނުވެސް ކުރާނަން،" ރިސޯޓް ވިޔަފާރީގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ވަރަށް ގިނަ އެހެން އިންވެސްޓްމަންޓްތައް ކުރެއްވި އުއްޗު ވިދާޅުވިއެވެ.
ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި އުފެެއްދުމުގެ އެއް ބާނީ ޗަމްޕާ މުހައްމަދު މޫސާ، އުއްޗުއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ.
އުއްޗުގެ އާއިލީ ވިޔަފާރި ހިއްސާވާ މުހިންމު ވިޔަފާރިތަކުގެ ތެރޭގައި ޓޫރިޒަމް ވިޔަފާރީގެ އިތުރުން ޓްރީޓޮޕްް ހޮސްޕިޓަލާއި މަޑިވަރު އެއާޕޯޓް ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު