އައްޑޫ ސިޓީ ހިތަދޫގައި މިއަދު ޕިކަޕަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފި އެވެ.

އައްޑޫ ހޮސްޕިޓަލުން މިއަދު ބުނީ އެކްސިޑެންޓްގައި އަނިޔާވި މީހާ މިހާރު އޮތީ އައިސީޔޫގައި ކަމަށެވެ. އެމީހާގެ ހާލު ސީރިއަސްވުމުން މާލެ ފޮނުވަން މިހާރު ތައްޔާރުވަމުންދާ ކަމަށް އައްޑޫ ހޮސްޕިޓަލުން ބުނެއެެވެ.

މި އެކްސިޑެންޓްގައި އެމީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު ފުއްޕާމެއަށް ވެސް ކޮންމެވެސް ވަރަަކަށް އަނިޔާތަކެއް ވެފައިވާ ކަމަށް އައްޑޫ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރީގަ އެވެ. މިހާދިސާ ހިނގި ގޮތުގެ ވީޑިއޯ އެއް ވަނީ އާންމުވެފައެވެ.

އެގޮތުން ހިނގާފައި ދިޔަ މީހާގެ ގައިގާ ޕިކަޕުން ޖެހި އެމީހާ ޕިކަޕު ދަށުވެ އެމީހާގެ ގައިމަތިން ޕިކަޕު ދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފުލުހުން ގެންދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު