ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ވިލިމާލޭގެ ފަރަށްއެރި ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުންތަކުގެ ފޮޓޯތަކެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕިއޭ)އިން މިރޭ އާންމުކޮށްފި އެވެ.
އީޕިއޭއިން މިރޭ އާންމުކޮށްފައިވާ އެ ފޮޓޯތަކުން ފަރުގައި ބޮޑެތި ހަތަރު ބާގަނޑު ހެދިފައި ހުރިކަން ފާހަގަ ކުރެވެއެވެ. ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން ސާވޭއާއި ތަނބުޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ގެންގުޅުނު އެ ޕްލެޓްފޯމް ވިލިމާލޭގެ ފަރުމަތީގައި ތާށިވީ އެ ޕްލެޓްފޯމްގެ 'އެންކާ ސްޕަޑްތައް' ނުވަތަ ފައިތައް ގާއިމް ކުރަން އުޅެނިކޮށް، އެ ސަރަހައްދުގެ އޮއި ގަދަވެގެން ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެ ހާދިސާގައި ޕްލެޓްފޯމްގައި ތިބި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ.
ޕްލެޓްފޯމް ނަގާފައިވަނީ ފަރުމަތީގައި އެ ޕްލެޓްފޯމް އޮންނަތާ 11 ދުވަސް ފަހުންނެވެ. އަދި ލިބިފައި ހުރި ގެއްލުން ބަލަން ސާވޭ ފެށުނީ، އެ ތަނަށް އެޅިފައި ހުރި ދަގަނޑުތައް ނަގައި ނިމުމުން، އޭގެ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން ކަން ފާހަގަކުރެވެއެވެ.
އެފްކޮންސްއާ ގުޅިގެން އީޕީއޭން ކުރިއަށް ގެންދާ ސާވޭ ފެށީ އިއްޔެއެެވެ. ޕްލެޓްފޯމް އަރާފައި އޮތް ސަރަހައްދަށް ޑައިވްކޮށްގެން ނަގާފައި ހުރި ފޮޓޯތަކެއް އީޕީއޭއިން މިރޭ ވަނީ އާންމުކޮށްފަ އެވެ. ފޮޓޯތަކުން ފެންނަގޮތުން އޭގެ ތެރެއިން އެއް ވަޅުގަނޑު އެހެން ވަޅުގަނޑުތަކަށް ވުރެ ފުނެވެ. އަދި ޑައިވަރަކު އެ ވަޅުގަނޑަށް ފައިބައި ހުރި އިރު އޭނާގެ އިސްކޮޅަށް ވުރެ އެ ތަން ފުންކަން ފާހަގަކުރެވެއެެވެ. އެހެން ފައިތަކުގެ ސަބަބުން ފަރުގެ ގާތައް ގޭނިފައި ހުރިކަން ވެސް ފޮޓޯތަކުން ހާމަވެއެެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ގެއްލުން ވެފައި ހުރީ ޕްލެޓްފޯމްގެ މައިގަނޑުގެ ބައިތަކުން ނޫން ކަމަށާއި އޭގެ ފައިތަކުން ކަމަށެވެ. އަދި ފެންނަ ވަޅުގަނޑުތަކަކީ ފައިތަކުން ލިބިފައި ހުރި ގެއްލުން ކަމަށް ބެލެވޭ ކަމުގައި ނައީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު