މިއަށްވުރެ ވަކިން ބާރަށް ރާއްޖޭގެ ތަރައްޤީ ކުރިއަށްދާ ޒަމާނެެއް ދެކިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ އޮފް ހައުސިންގް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރ. އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، އޭނާގެ އަމިއްލަފުޅު މަސައްކަތުގެ ހަޔާތުގައި މިއަށްވުރެ ވަކި ބާރަށް ތަރައްޤީ ކުރިއަށްދާ ޒަމާނެެއް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަރައްގީގެ ސްޕީޑް ކަމަށާއި ޢެހެން ނަމަވެސް މަޝްރޫއުތައް ކުރިޔަށް ދިޔުމުގައި ތަފާތު އެކި ގޮންޖެހުންތައް ހުރި ކަމަށެވެ. އެހެން ނަމަވެސް އެ ގޮންޖެހުންތަކާއިއެކު ވެސް މި ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް އެބަ ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ނުދެކެން މިއަށްވުރެ ވަކި ބާރަށް ތަރައްގީގެ މަސައްކަތް ހިނގަމުންދާ ދުވަސްވަރެއް. މި ދިވެހިރާއްޖޭގެ ތަރައްގީގެ ސްޕީޑް އެއީ އަޅުގަނޑުމެން ބޭނުންވާ އެއްޗަކީ، ބާރަށް ކުރިއަށްދާން ބޭނުންވޭ އެބަ، ހުރިހާ ކަމެއް އެންމެ ފުރަތަމަ އެކަމެއް ފެށިގޮތުގައި ހިފެހެއްޓިފައެއް ނޯއްނާނެ،" އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ތަރައްޤީގެ މަސައްކަތް ކުރިއަށް ނުދާ ރަށެއް ރާއްޖޭގައި މިހާރު ނޯންނާނެ ކަމަށެވެ. އަދި އަންނަ އަހަރާ ހަމައަށްދާއިރު ފެނާއި ނަރުދަމާގެ ޙިދުމަތް ނުލިބޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަަސްލަމް ވަނީ މުޅި ރ. އަތޮޅަށް ބަލާލިކަމުގައި ވީނަމަވެސް އެކިރަށްތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވައި އެމަޝްރޫއުތައް ކުރިއަށް ގޮސްފައިވާ ހިސާބުގެ މައުލޫމާތު ހިއްސާކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު