އިބްރާހިމް ފަހީމް   7 ސެޕްޓެމްބަރު 2022 - 19:11
އައްޑޫ ސިޓީ އިކުއޮޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އޮންނަ ކުޅީގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ، އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު ބުރުކައިރި ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުން އެބަ ދާކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 17:25 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަދި އަލިފާންގަނޑު ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.

މިކަން ހިނގަން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު