އިޓަލީ ވިލާތުގެ "ސްޓެއްލާ" ބްރޭންޑުގެ "އައިސްކްރީމް ޕައުޑަރ" ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، "ސްޓެއްލާ" ބްރޭންޑުގެ "އައިސްކްރީމް ޕައުޑަރ" ގެ ލޮޓް ނަންބަރު 3105210523 އަށް ހުއްދަ ނެތް ކާކުލައެއް އަޅާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި އެ ޕައުޑަރު ރާއްޖެ އެތެރެ ވެފައިވާކަމަށް ޔޫރަޕުގެ ރެޕިޑް އެލަރޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑުން އެ އޮތޯރިޓީއަށް އަންގާފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނީ، މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކަލުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކާކުލަ އަޅާފައިވާ އެ ޕެކެޓަކީ ބަރުދަނުގައި 1 ކިލޯ 35 ގްރާމް ހުންނަ އައިސްކްރީމް ޕައުޑަރެކެވެ. އެ އުފެއްދުމުގެ މުއްދަތު ހަމަވަނީ 2023 ވަނަ އަހަރުގެ 5 ވަނަ މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު