2 މަސް ދުވަހުގެ ޗުއްޓީއަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ޖަލްސާތައް މިދިޔަމަހު ފެށިފަހުން ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ އަދަދު ވަރަށް ބޮޑަަށް ދަށްވެއްޖެއެވެ.
މަޖިލީހުގެ ހާޒިރީ ދައްކާގޮތުން މިއަދުވެސް 87 މެމްބަރުންގެ ތެރެއިން ޖަލްސާއަށް ވަޑައިގަތީ 31 މެމްބަރުންނެވެ. ފަސް މެންބަރުން ތިއްބެވީ ސަލާމުގައެވެ. ރަސްމީ ދަތުރުފުޅުތަކާ ގުޅިގެން ހާޒިރުނުވެވެނީ އެއް މެމްބަރަކު ހުންނެވިއިރު ބާކީ ތިބި މެމްބަރުން މަޖިލީހަށް ހާޒިރެއް ނުވެއެވެ.
މަޖިލީހުގެ މި ދައުރުގެ ގިނަ ޖަލްސާތަކުގައި ބައެއް ބިލްތަކަށް ބަހުސް ކުރައްވާނެ މެންބަރުން ނެތިގެން، ބައެއް މެންބަރުން ވަނީ ތަކުރާރުކޮށްވެސް ބަހުސްގައި ބައިވެރިވެވަޑައިގެންފައެވެ.
މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވަނީ މެމްބަރެއްގެ ހާޒިރީއާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭ ތާރީހެއް ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެދެމުންދާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ހައިތަމްގެ ސަލާމުގެ މުއްދަތު ނިމޭނެ ތާރީހެއް އަންގާފައި ނުވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ސަލާމުގެ ތާރީހު ނިމޭ ތާރީހެއް، ދުވަހެއް ވިދާޅުވެފައި ނުވާތީވެ، މަޖިލީހުގެ އިދާރާއިން އެކަން ސާފުކުރުމަށް އިއްޒަތްތެރި މެންބަރުގެ އަރިހުގައި ވާނީ ދަންނަވާފައި،" ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވިޔަސް ބަރާބަރަށް 85 ހާހަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ. ކޮމިޓީ އެލަވަންސަށް 20 ހާސް ލިބޭނެއެވެ. އާޝިޔާންގެ ގައުމުތަކުން މުޅި އާއިލާއަށް ހިލޭ ބޭސް ފަރުވާވެސް ކުރެވޭނެ އެވެ. އަދި މަޖިލީހުގެ މެމްބަރުކަމުގެ ދައުރު ނިމުމުން މުސާރައާ އެއްވަރުގެ އިނާޔަތެއްވެސް ލިބޭނެއެވެ.
މިހުރިހާ އިނާޔަތްތަކެއް ލިބެމުންދާއިރުވެސް މަޖިލީހުގެ މެމްބަރުން ޖަލްސާއަށް ވަޑައިނުގަތުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު