އަހުމަދު މަސްނޫމް   7 ސެޕްޓެމްބަރު 2022 - 10:59
ބިދޭސީންނަށް މިނިމަމްވޭޖް ދިނުން، މުއްދަތެއް ނެތްގޮތަށް ފަސްކުރަން ޤާނޫނަށް އިސްލާހް ހުށަހަޅައިފިއެވެ.

ވަޒީފާއާއިބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދުއެވެ.

މިއިސްލާހް ހުށަހެޅީ ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ދިނުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެންމެ ކުޑައުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ތާރީޚުގައި އެކަން ތަންފީޒު ކުރުމަށް އިޤްތިޞާދީ ގޮންޖެހުންތަކެއް ހުރުމުންނެވެ.

މިއިސްލާހްގައި ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކުން އަމަލު ކުރަން ލާޒިމް ކޮށްފައިވާ ދެ އަހަރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވެއެވެ. އަދި ބިދޭސީންނަށް މިނިމަމްވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ވަނީ ހުށަހަޅާފައެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒިފަކަށް ދެވޭ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައި ޤާނޫނަށް އިސްލާހު ގެނައިރު، ބިދޭސީ މުވައްޒިފުންގެ ކުޑަ އުޖޫރަ ދޭނެ ތާރީޚެއްކަމަށް ކަނޑައަޅާފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ. ނަމަވެސް މިއަދު ހުށަހެޅި އިސްލާހު ފާސްވެއްޖެނަމަ އެކަން މުއްދަތެއް ނެތް ގޮތަށް ފަސްކުރާނެޢެވެ.



ކިޔުންތެރިންގެ ހިޔާލު