ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު އަބުދު ﷲ ޔާމިން ޖަލަށްލި ނަމަވެސް އެމަނިކުފާނު ވެސް ރެހިބިލިޓޭޝަން ޕްރޮގުރާމްގަައި ބައިވެރިވެވަޑަައިގަންނަވަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިރޭ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ އަމާޒަކީ ކަރެކްޝަން ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ހުރިހާ ގައިދީންނަކީ ވެސް ރެހިބިލިޓޭޓް ވާންޖެހޭ ގައިދީންނަށް ހެދުން ކަމަށެވެ.
މީހުން ޖަލަަށް ދާންޖެހެނީ ހައްލު ކުރަންޖެހޭ ކޮންމެވެސް މައްސަލައެއް އޮތުމުން ކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތުން ޖަލަށް ދިޔުމަށްފަހު އަލުން އަބުރާ މުޖުތަމައަށް އަންނަންޖެހޭނީ ރެހިބިލިޓޭޝަން ޕްރޮގުރާމްތަކުގައި ބައިވެރިވެ އިސްލާހީ ދަރުސެއް ފިލާވަޅެއް ލިބިގެން ކަމަށާއި އެކަން ކަށަވަރު ކޮށްދިނުމަކީ ކަރެކްޝަންގެ ޒިންމާއާއި މަސްއޫލިއްޔަތެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިއީ ހަމަ ހަގީގަތެއް. އިމްރާން ޖަލަށް ލިޔަސް ރައީސް ޔާމިން ޖަލަށް ލެވުނަސް ރެހިބިލިޓޭޝަން ޕްރޮގުރާމްގައި ބައިވެރިވާންޖެހޭނެ. ،އެއީ އެކަން އޮތްގޮތް. އެކަން އަޅުގަނޑުމެން ކުރަންޖެހޭ ގޮތް، އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންޖެހޭތީ. ބައެއް ފަރާތްތަކުން ގޭންގު މާރާމާރީ، އަނެއް ފަރާތްތައް ގޭންގު ކުށްތައް، އަނެއްބައި ފަރާތްތައް ސިޔާސީ ކުށްތައް ނުވަތަ އެ ނޫން ކަމެއް." ރައީސް ޔާމިންގެ ވެރިކަމުގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަށްވާފައިވާ އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު