މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ކަރެކްޝަންސްގެ މުވައްޒަފުންގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި ވަރަށް ގިނަ ދަތިތަކަކާއި ކަންބޮޑުވުންތައް ހުރިކަން ފާހަގަވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ، ޖަލުތަކުގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އެކޮމަޑޭޝަންގެ ކަންތައް ހަމަޖެއްސުމުގައި ހުރި ދަތިތައް ކަމަށާއި އެހެންކަމުން އެކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
"ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން، ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއްވެސް، އަޅުގަނޑުމެން ހަމަޖައްސައިދޭނަން." ރައީސް ސާލިޙު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ ވަރަށް މަތިވެރި މަޤްޞަދެއްގައި ކަމަށާއި އެއީ މުޅި މުޖުތަމަޢު އިޞްލާޙުކޮށް، މުޖުތަމަޢުގައި ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމާއެކު އަމާންކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށް ހޯދައިދިނުމުގެ މަގުސަދު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސާލިޙު ވިދާޅުވީ ޤައިދީން އިޞްލާޙްކޮށް އަނބުރާ މުޖްތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޕެރޯލް ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުމަށް ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތަކުގެ މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ޖަލުތަކަކީ ޤައިދީންނަށް ކިޔަވައިދީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުކުރާ ތަނަކަށް ހަދަންޖެހޭކަމަށާއި އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ދޭ ފަރުވާތަކާއި ނަފްސާނީ ފަރުވާ ދެވޭ ތަނަކަށް ވެސް ޖަލު ވާންޖެހޭ ކަމަށެވެ. މީގެ އިތުރުން ޖަލަކީ ޤައިދީންގެ ކިބައިގައި ހުންނަ މަސައްކަތުގެ ހުނަރާއި ފަންނުވެރިކަން ތަރައްޤީކޮށް، މަސައްކަތުގެ އަޚުލާޤަށް ހާނުވައިދޭ މަރުކަޒަކަށް ވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ކަރެންޝަނަލް ސަރވިސަށް މެދުނުކެނޑި 25 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

President @ibusolih attends the ceremony held to mark the 51st anniversary of Maldives Correctional Service. pic.twitter.com/K1Dm8su6v4
— The President's Office (@presidencymv) September 6, 2022
"ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން، ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއްވެސް، އަޅުގަނޑުމެން ހަމަޖައްސައިދޭނަން." ރައީސް ސާލިޙު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ ވަރަށް މަތިވެރި މަޤްޞަދެއްގައި ކަމަށާއި އެއީ މުޅި މުޖުތަމަޢު އިޞްލާޙުކޮށް، މުޖުތަމަޢުގައި ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމާއެކު އަމާންކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށް ހޯދައިދިނުމުގެ މަގުސަދު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސާލިޙު ވިދާޅުވީ ޤައިދީން އިޞްލާޙްކޮށް އަނބުރާ މުޖްތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޕެރޯލް ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުމަށް ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތަކުގެ މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ޖަލުތަކަކީ ޤައިދީންނަށް ކިޔަވައިދީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުކުރާ ތަނަކަށް ހަދަންޖެހޭކަމަށާއި އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ދޭ ފަރުވާތަކާއި ނަފްސާނީ ފަރުވާ ދެވޭ ތަނަކަށް ވެސް ޖަލު ވާންޖެހޭ ކަމަށެވެ. މީގެ އިތުރުން ޖަލަކީ ޤައިދީންގެ ކިބައިގައި ހުންނަ މަސައްކަތުގެ ހުނަރާއި ފަންނުވެރިކަން ތަރައްޤީކޮށް، މަސައްކަތުގެ އަޚުލާޤަށް ހާނުވައިދޭ މަރުކަޒަކަށް ވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ކަރެންޝަނަލް ސަރވިސަށް މެދުނުކެނޑި 25 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު