ޖަލުތަކުގައި ތިބި ބައެއް ގައިދީން ތިބީ ބިރުވެރި އޮއިވަރެއްގައި ޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސްގެ 51 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޖަލުތައް އޮޑިޓްކުރުމަށްފަހު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ދާދި ފަހުން ނެރުނު ދިރާސާ ރިޕޯޓަށް ރިއާޔަތްކުރައްވައި ރައީސް މިރޭ ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ، އަދި އޭގެ ވިޔަފާރިކުރާ ގައިދީން ޖަލުތަކުގައި އެބަތިބި ކަމަށާއި، ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރު ވެސް ޖަލުތަކުގައި ހިނގާ ކަމަށެވެ.
ރައީސް ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި ދިރާސާއަކީ ސަރުކާރުގެ އެދުމުގެ މަތީން ކުރި ދިރާސާއެއް ކަމަށާ އެ ދިރާސާއިން ފާހަގަވި އަނެއް ކަމަކީ، ޖަލުތަކުގެ ގައިދީންނާއި ޖަލުތައް ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން އަދިވެސް ބައިވަރު އެބަހުރިކަން ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިރޭގެ ވާހަކަފުޅުގައި ރައީސް ވަނީ، ކުށުގެ ވެށި ނައްތާލައި، މުޖުތަމައުގައި އަމާންކަން ގާއިމްކުރުމަށާއި ޖަލުތައް ހަރުދަނާކުރުމާއި، ބަންދުކުރާ ގައިދީން ޖަލުގެ މަރުހަލާގައި އިސްލާހުކޮށްގެން ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ތަފުސީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު