ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށާއި ގދ. ގައްދޫގައި އައު ހޮސްޕިޓަލެއް އެޅުމަށް ސްޕެއިންގެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުުނެފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށާއި ގދ. ގައްދޫގައި އައު ހޮސްޕިޓަލް އަޅަން ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ އެޗް.އޯ.އެމް.ޓީ އެސްޕާނާ އާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެެވެ. ނަމަވެސް މި އެއްބަސްވުމާއި ބެހޭ އިތުރު ތަފްސީލެއް ހެލްތުން ހާމައެއް ނުކުރެއެވެ.
އަތޮޅުތަކުގައި އަލަށް ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ 12ރަށުގެ ތެރޭގައި ގދ. ގައްދޫވެސް ހިމެނެއެވެ. މީގެ އިތުރުން ދެން ހިމެނެނީ ހއ.އިހަވަންދޫ، ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ނ.ކެނދިކުޅުދޫ، ބ.ތުޅާދޫ، ޅ.ހިންނަވަރު، ފ.ނިލަންދޫ، ތ.ވިލިފުށި، އަދި އދ.މާމިގިލީއެވެ. މި ހޮސްޕިޓަލްތައް ފަރުމާކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށާ، މިކަމަށް ހިނގާނެކަމަށް ލަފާކުރާ ޚަރަދުތަކާ ގުޅޭ ދިރާސާތައްވެސް ނިމިފައިވާކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު