އައްޑޫ ސިޓީ މީދޫގައި އައްޑޫ ބަހުރުވައިން ހުތުބާ ކީ މުދިމަކު އިސްލާމިކް މިނިސްޓްރީން ސަސްޕެންޑުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އައްޑޫ ބަހުރުވައިން ހުތުބާ ކީ މުދިމަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ ހުތުބާ ކިއުމުގެ އުސޫލާއި ހިލާފުވެގެން އެމައްސަލަ އިތުރަށް ބެލުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މިމައްސަލައިގައި ސަސްޕެންޑުކޮށްފައިވަނީ މީދޫގެ މުދިމެއް ކަމަށްވާ މުހައްމަދު ރަޝީދުއެވެ.

މުހައްމަދު ރަޝީދު ވަނީ މިދިޔަ ހުކުރު ދުވަހު މީދޫ މަސްޖިދުއް މަޖްދުއްދީނުގައި ހުކުރު ހުޠުބާ ކީއިރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފޮނުވި ހުޠުބާ އައްޑޫ ބަހަރުވައަށް ބަދަލުކޮށްގެން ހުތުބާ އިއްވާފައެވެ.

މިކަމާއި ގުޅިގެން އައްޑޫގައި އޮންނަ ހުޠުބާ ކޮމެޓީން މިއަދު މުހައްމަދު ރަޝީދުގެ ބަޔާނެއް ނަގަން އޭނާ ހާޒިރުކޮށްފައިވެއެވެ. ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން މުހައްމަދު ރަޝީދު ބުނީ ހުޠުބާގެ މައިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އެގޮތުން ޤުރުއާނާއި ހަދީސް އާއި އޭގެ މާނަ ކިޔާފައިވާނީ ހުޠުބާގައި އޮތް ގޮތަށްކަމަށް އޭނާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު