ތިލަމާލެ ބްރިޖު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވާ ކުންފުނިން އެ މަސައްކަތުގެ ދިރާސާތަކުގައި ބޭނުން ކުރަމުން ގެންދިޔަ ޕްލެޓްފޯމެއް ވިލިނގިލީ ފަރަށް އަރައި އެ ފަރަށް ލިބުނު ގެއްލުންތައް ބެލުމުގައި، ވަކި ބަޔަކަށް ވީތީ ސަރުކާރުން ފިއްތުމެއް ކުރިމަތި ނުކުރާކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.
އެފްކޮންސްގެ ޕްލެޓްފޯމާއި އެއިން ފަރުމައްޗަށް އެޅުނު ދަގަނޑުތައް ނެގުމާއިއެކު، ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމަށް އީޕީއޭއިން މިއަދު ވަނީ މަސައްކަތް ފަށާފައެވެ. ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމަށް އުޅުއްވާ ޓީމުގައި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.
މި މަސައްކަތާއި ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނައީމް ވިދާޅުވީ، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގެ ބޮޑު ބަޔަކަށް ގެއްލުން ވެފައިވާކަމަށެވެ. އަދި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކޮށް މާދަމާ ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ނައީމް ވިދާޅުވީ، ފަރަށް ލިބުނު ގެއްލުން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށާއި، އެކަމަށް ސަރުކާރުންވެސް އަދި އެހެން އެއްވެސް ފަރާތަކުންވެސް ފިއްތުންތައް ކުރިމަތި ނުކުރުވާ ކަމަށެވެ. އަދި ވަކި ބަޔަކަށް ވީތީ ފިޔަވަޅު ނޭޅުމަށް ސަރުކާރުން އަންގާފައި ނުވާކަމަށްވެސް ނައީމް ވިދާޅުވިއެވެ.
ނައިމް މިފަދައިން ވިދާޅުވެފައި މިވަނީ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްއަށް ފިޔަވަޅު ނޭޅުމަށް ސަރުކާރުން އީޕިއޭއަށް އަންގަމުންދާކަމަށް ބުނެ އަޑުފެތުރިފައިވަނިކޮށެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން، ފަޅުތަކާއި ފަރުތަކަށް ލިބޭ މިފަދަ ގެއްލުންތަކަކީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު