ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން 1ގެ ށ. އަތޮޅުގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތް" ކަނޑައަޅާފައިވާ އަގުތަކުގައި ފަށައިފިއެވެ.
ށ. އަތޮޅަށް އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމާއެކު، މިމުހިންމު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޒޯން
1 ގެ 3 އަތޮޅުކަމަށްވާ ހދ. ހއ. އަދި ށ. އަތޮޅުގެ ރައްޔިތުންނަށް އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ލިބިގެންދިއުމަކީ އެމްޓީސީސީއަށް ލިބޭ ވަރަށްބޮޑު ފަޚުރަކާއި ކާމިޔާބީއެއްކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ އަގުނަގައިގެން ރަސްމީކޮށް ޙިދުމަތް ފެށުމުގެ ކުރިން ށ. އަތޮޅުގެ ރަށްތަކަށް 30 އޯގަސްޓް 2022 ވަނަ ދުވަހުން ފެށިގެން
5 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ނިޔަލަށް އާރް.ޓީ.އެލް ފެރީ ގެ ދަތުރުތައް ކޮށްދީފައިވާ ނީ މުޅިން ހިލޭކަމަށެވެ. އަދި ހިލޭ ދަތުރު
ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުންކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ރާއްޖެ ޓްރާންސްޕޯޓް ލިންކު ފެރީގެ ޚިދުމަތް ޒޯން 1 ގެ ށ. އަތޮޅުގައި އަގުނަގައިގެން ފެށުނުކަމުގައިވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ދަފްތަރުގައިވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެކަމަށެވެ.
އެމްޓީސީސީން ބުނީ ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެކަމަށެވެ. އަދި 6 ސެޕްޓެމްބަރ 2022 ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންކުރަށްވަންޖެހޭނީ އެ ކުންފުނިން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށްކަމުގައިވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ކިޔުއާރް ޓިކެޓް ބައްލަވައިގަންނަވާނެގޮތުގެ ވީޑިއޯ އާރް.ޓީ.އެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ޝާޢިޢު
ކުރެވިފައިވާނެކަމަށެވެ. އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އާާރް.ޓީ.އެލް ފެރީގެ ޚިދުމަތުގެ ޝެޑިއުލް އާރް.ޓީ.އެލް ވެބްސައިޓު އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ޚިދުމަތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް އެދޭކަމަށް އެމްޓީސީސީން ބުނެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެމްޓީސީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު