މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ މީހުންރިހެބިލިޓޭޝަން ޕްރޮގުރާމްތަކުގައި ބައިވެރިކުރެވޭ މިންވަރު އަންނައަހަރު ބޮޑުތަނުން އިތުރުކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ޑްރަގު ރިހިބެލިޓޭޝަން ޕްރޮގުރާމްތަކުގައި ބައިވެރިކުރާ މިންވަރު ބޮޑުތަނުން އިތުރުކުރެވޭނެ ކަމަށެވެ. އެގޮތުން އެ ޕްރޮގުރާމްތަކުގައި ބައިވެރިކުރާ މީހުންގެ އަދަދު ގިނަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައްޔާއި އައްސޭރި ޖަލުގައި ރެހިބެލިޓޭޝަން ވޯކްޝޮޕެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވިއެވެ.

"ޖަލުތަކުގައި އަޅާ ވޯކްޝޮޕްގެ މަސައްކަތް އެބަ ކުރިއަށްދޭ، އެ ވޯކްޝޮޕްގެ މަސައްކަތް ނިންމާލެވުނީމައި އަޅުގަނޑުމެންނަށް ކުލާސްރޫމްތަކާއި ވޮކޭޝަން ތަމްރީން ހިންގާނެ އެކިއެކި މަލްޓިޕާޕަސް ހޯލްތަކާއި މިކަންކަން ފަހިވެގެންދާނެ، އޭރުން އަޅުގަނޑުމެން އެންޓަޓައިން ޕްރޮގުރާމްތަކުގައި އަދަދު ވަރަށް ބޮޑުތަނުން އެބަ އިތުރުކުރެވޭ،" ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުޅާކުރުމަަށް އުމުރާނީ ވަސީލަތްތައް ޖަލުގައި ގާއިމްކުރަމުންދާ ކަމަށެވެ. އަދި އެ ޕްރޮގުރާމް ހިންގުމަށް ބޭނުންވާ ކޭސްވޯކަރުންނާއި ކައުންސިލަރުން ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެން ގުޅިގެން މަސައްކަތް ކުރާނެ ނިޒާމެއް އެކުލަވާލެވިއްޖެ، އެހެންވީމަ ޖަލުގައި މިހާރު މިއޮތް މަސްތުވާތަކެތީގެ ބޮޑު އާބާދީގެ މީހުން ޕްރޮގުރާމްތަކުގައި ގެންގުޅެވޭ މިންވަރު އަންނަ އަހަރު ބޮޑުތަނުން އިތުރުކުރެވޭނެ، އެމަގަށް އަޅުގަނޑުމެންގެ މިސްރާބު މިހުރީ." ސީޕީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު