ރާއްޖޭގެ ޒުވާނުންނަށް ބޭނުންވާ ތަރައްގީގެ ކުރިމަގު އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި ކަމަށް އެ ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ޒުވާނުން އެމްއެންޕީއާއި މިއަދު ގުޅުމާއި ގުޅިގެން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ޒުވާނުން ބޭނުންވާ ތަރައްގީގެ ކުރިމަގު އޮތީ އެމްއެންޕީގެ ސިޔާސަތުގެ ތެރޭގައި ކަމަށެވެ. އަދި ދިވެހީންގެ މި ރާއްޖެ އަނބުރާ ހޯދޭނީ ވެސް އެމްއެންޕީގެ ސިޔާސަތުގެ ތެރެއިން ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެމްއެންޕީގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވަމުން ޝަރީފް އިތުރަށް ވިދާޅުވީ ފުދުންތެރި ޒުވާން ޖީލެއްވެސް ބިނާކުރެވޭނީ ޒުވާނުން ބާކީ ނުވާނެ ސިޔާސަތުތަކެއް ރާވައިގެން ކަމަށެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި އެމްއެންޕީން ވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިޢުލާންކޮށް ކެމްޕޭން ވެސް ފަށާފައެވެ.

Raajjeyge zuvaanun beynunvaa tharahggee ge kurimagu othee @MNP_Secretariat ge siyaasathuge thereygai. Dhivehinge Raajje Dhivehinah anburaa hoadaideynee MNP ge siyaasathuge therein. Fudhuntheri zuvaan jeeleh binaa kureveynee zuvaanun baakee nuvaanehen siyaasathu thakeh raavaigen. pic.twitter.com/kNLjQgiYub
— Ahmed Shareef (@shar_f) September 5, 2022
އެމްއެންޕީގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވަމުން ޝަރީފް އިތުރަށް ވިދާޅުވީ ފުދުންތެރި ޒުވާން ޖީލެއްވެސް ބިނާކުރެވޭނީ ޒުވާނުން ބާކީ ނުވާނެ ސިޔާސަތުތަކެއް ރާވައިގެން ކަމަށެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި އެމްއެންޕީން ވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިޢުލާންކޮށް ކެމްޕޭން ވެސް ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު