ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 75 ވަނަ ބައްދަލުވުން ބޫޓާންގެ ޕާރޯގައި މިއަދު ފަށައިފިއެވެ.
މިމަހުގެ 5އިން 9އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ.
ހެލްތު މިނިސްޓްރީން ބުނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ޤަޢުމުތަކުގެ ރައްޔިތުންގެ ސިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުވުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަނަންސް' ބައްދަލުވުން ކަމަށެވެ.
މިއަހަރުގެ ރީޖަނަލް ކޮމެޓީގައި، މި ސަރަޙައްދުގެ ޤައުމުތަކުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ ރައުންޑް ޓޭބަލް ބައްދަލުވުމެއް 6 ސެޕްޓެމްބަރ 2022 ގައި ކުރިއަށްދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި މިމަސައްކަތް ކުރިއަށް އޮތްތަނުގައި ހަރުދަނާ ކުރުމަށްޓަކައި މެންޓަލް ހެލްތާބެހޭ ގަރާރެއް ފާސްކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިސަރަޙައްދުގެ ޤަޢުމުތަކަށް ކުރިމަތިވާ ޚާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ޓީބީ ނައްތާލުމަށް ޤައުމުތަކުގެ މެދުގައި ކުރެވެމުންދާ މަސައްކަތާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ފެންވަރުގައި ހެދިފައިވާ އެކްޝަން ޕްލޭނާމެދުވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެެ.
މީގެ އިތުރުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރު (ސާރވިކަލް ކެންސަރ) ދުނިޔެއިން ނައްތާލުމަށް ޤައުމުތައް ގުޅިގެން ކުރެވެމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ސިއްޙީ ދާއިރާއިން ކުރާ މަސައްކަތްތަކާމެދުވެސް މަޝްވަރާކުރުމަށް ވަނީ ނިއްމާފައެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ކުރިޔަށް ރޭވިފައިވާ 76ވަނަ ވޯލްޑް ހެލްތު އެސެމްބްލީ އަދި 152ވަނަ އެގްޒެކެޓިވް ބޯޑް ބައްދަލުވުމުގައި މިސަރަހައްދުގެ ޤައުމުތަކުން މަޝްވަރާކުރުމަށް އިސްކަންދޭނެ ދާއިރާތައްވެސް ރީޖަނަލް ކޮމިޓީގެ މަޝްވަރާއާއެކު ކަނޑައެޅޭނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.
މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ އާއި ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިބައްދަލުވުންތަކުގައި ސިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް، އަދި ސިއްޙީދާއިރާ ކުރިއެރުވުމަށް އިތުރު އެހެން ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު