ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ސަޢީދު ޢަލީގެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ސަޢީދު ޢަލީ، 06 ސެޕްޓެންބަރު 2022 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައި މިއަދު އެ ކޮމިޝަނަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.
އަޙްމަދު ސަޢީދު އިސްތިއުފާ ދެއްވާފައިވާއިރު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަންގަވާކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
އެގޮތުން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާއެއް ތަހުގީގު ކުރުމަށް، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާތީ، 24 އޯގަސްޓް 2022 ގައި ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 56 ވަނަ ޖަލްސާގައި، މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު