އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި ލިޒް ޓްރަސްއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ތަހުނިޔާ ވިދާޅުވެއްޖެއެެވެ.
ލިޒް ޓްރަސް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސް ސާލިޙު ފޮނުއްވި ތަހުނިޔާ މެސެޖްގައި ވިދާޅުވީ، އެކަމަނާގެ ޒައާމަތުގައި އިނގިރޭސިވިލާތާއި ރާއްޖެއާއި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖެ އާއި އިނގިރޭސި ވިލާތާއި ދެމެެދުގައި އޮތް ގުޅުން ބިނާވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކުއްލި ނުރައްކަލުގެ ޙާލަތުން އަރައިގަތުމަށް އިންސާނީ ޙައްޤުތަކުން ފެށިގެން ޑިމޮކްރަސީއާ ހަމައަށް ދެޤައުމުން ޤަބޫލުކުރާ އުޞޫލުތަކުގެ މައްޗަށް ކަމަށް ރައީސްގެ މެސެޖްގައި ފާހަގަކުރަށްވާފައިވެއެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ކޮންޒަވޭޓިވް ޕާޓީއަށެވެ. އެހެންކަމުން ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާނެ ފަރާތެއް ހޮވާފައިވަނީ އެ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. މި ވޯޓުގައި ކޮންޒަވޭޓިވް ޕާޓީގެ 170،000 އަށް ވުރެ ގިނަ މެމްބަރުން ވަނީ ބައިވެރިވެފައެވެެ.
ލިޒް ޓްރަސް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް އައްޔަން ކުރަން އެ ޕާޓީގެ 81،326 މެމްބަރުން ވޯޓު ދެއްވި އިރު އޭނާއާ ވާދަ ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނަކަށް ލިބިވަޑައިގަތީ 60،399 ވޯޓެވެ. އެއާ އެކު ލިޒް ޓްރަސް ވަނީ ގައުމުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވެވަޑައިގެންފައެެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން އެ މަގާމުންނާއި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އާ ބޮޑުވަޒީރު މަގާމާއި ހަވާލުވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

Congratulations to @trussliz on her election as UK’s Prime Minister. 🇲🇻 and 🇬🇧 enjoy warm relations based on shared values from human rights to democracy to addressing the climate emergency. I look forward to working together on enhancing our already excellent bilateral ties.
— Ibrahim Mohamed Solih (@ibusolih) September 5, 2022
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ކޮންޒަވޭޓިވް ޕާޓީއަށެވެ. އެހެންކަމުން ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާނެ ފަރާތެއް ހޮވާފައިވަނީ އެ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. މި ވޯޓުގައި ކޮންޒަވޭޓިވް ޕާޓީގެ 170،000 އަށް ވުރެ ގިނަ މެމްބަރުން ވަނީ ބައިވެރިވެފައެވެެ.
ލިޒް ޓްރަސް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް އައްޔަން ކުރަން އެ ޕާޓީގެ 81،326 މެމްބަރުން ވޯޓު ދެއްވި އިރު އޭނާއާ ވާދަ ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނަކަށް ލިބިވަޑައިގަތީ 60،399 ވޯޓެވެ. އެއާ އެކު ލިޒް ޓްރަސް ވަނީ ގައުމުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވެވަޑައިގެންފައެެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން އެ މަގާމުންނާއި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އާ ބޮޑުވަޒީރު މަގާމާއި ހަވާލުވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ކިޔުންތެރިންގެ ހިޔާލު