ތައުލީމީ ދާއިރާއާއި ސުކޫލުތަކުގެ ކަންކަން ސިޔާސީ ނުކުރަން އެޑިއުކޭޝަން މިނިސްޓްރީގެެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު އެދިވަޑައިގެންފިއެެވެ.
ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވަނީ ތައުލީމީ ދާއިރާ އާއި ސުކޫލުތަކުގެ ކަންކަން ސިޔާސީ ނުކުރަން އެދިވަޑައިގެންފަވެ. ސްކޫލުތަކަކީ ހުރިހާ ދަރިވަރުންވެސް ތައުލީމް ހާސިލްކުރާ ތައުލީމީ ބިންގާ ކަމަށާއި ސްކޫލުތަކާއި ގުޅޭގޮތުން އެއްވެސް ހާލަތެއްގައި ސިޔާސީ މަންފާ ނަގައި ސިޔާސީ ވާހަކަ ދެއްކުމަކީ އެކަމުން ނޭދެވޭ ކަންކަން ކުރިމަތިވާނެ ކަމެއްކަމަށް މުޖާހިދު ވިދާޅުވިއެވެ. ސްކޫލުތަކާއި ގުޅޭގޮތުން އެކަހަލަ ވިޔާނުދާ ވާހަކަ ދެއްކުމަކީ ވަރަށް ދެރަވާ ކަމެއް ކަމަށް މުޖާހިދު ވިދާޅުވިއެވެެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި "ކާމިލް ދީދީ ޕްރައިމަރީ ސްކޫލް" ހަދާފައި ހުރި ގޮތަށް ފާޑުކިޔައި އެ ސުކޫލުގެ ފެންވަރު ދަށް ކަމަށް ބުނެ ދައްކާ ވާހަކަތަކާއި ގުޅޭގޮތުން މުޖާހިދު ވިދާޅުވީ އެސުކޫލަކީ ވަގުތީގޮތުން ގާއިމް ކުރެވުނު ސްކޫލެއް ކަމަށެވެ. ވަގުތީ ގޮތުން އެސުކޫލު ހުޅުވި ނަމަވެސް އެ ސްކޫލުގައި ޕްރައިމަރީ ސްކޫލަކަށް ބޭނުންވާ ހުރިހާ ޚިދުމަތްތައް އެހެން އެއްވެސް ސްކޫލެކޭ ތަފާތެއްނެތި ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކާމިލް ދީދީ ޕްރީ ސްކޫލު ހުޅުވިގެން ދިއުމަމީ ހިޔާ ފްލެޓްގައި ދިރިއުޅޭ ޕްރީ ސްކޫލު ދަރިވަރުންގެ ބެލެނެވެރިންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަަމަށް މުޖާހިދު ވިދާޅުވިއެވެ.
"ހަގީގަތުގައި ސްކޫލުތަކުގައި ކިޔަވަނީ ހުރިހާ ދަރިވަރުން. ހުރިހާ ގޭބިސީއެއްގެ ދަރިވަރުންވެސް ސްކޫލުތަކަށް އެބަދޭ. އެގެއިން ކުއްޖެއް މިގެއިން ކުއްޖެއް މިހުރިހާ ކުދިން އެއްތަނަކަށް ގޮސްސަ ކިޔަވާ، ރަނގަޅު އަޚްލާގާއި ސްލޫކް ދަސްކުރާތަނެއް ސްކޫލަކީ. އެހެންވީމާ ސްކޫލުތަކާއި ގުޅޭގޮތުން އެކަހަލަ ވިޔާނުދާ ވާހަކަ ދެއްކުމަކީ ހަގީގަތުގައިވެސް އަޅުގަނޑުމެން ވަރަށް ދެރަވާކަމެއް" މުޖާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން މުޖާހިދު ވިދާޅުވީ މި ސަރުކާރުން ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް އަހާނެ ކަމަށެވެ. ތައުލީމީ ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށް އެކި ފަރާތްތަކުން ފާޅުކުރާ ޚިޔާލުތައް ސަރުކާރުން ބަލައިގަންނާނެ ކަމަށާއި އަދި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މުޖާހިދު ވިދާޅުވިއެވެ.
"އޭގެ ހެއްކެއް ނޫންތޯ 2015 ވަނަ އަހަރު ދަގަނޑުން ދަރުމަވަންތަ ސުކޫލު އޭރު ހަދާފައި ކުދިން ވަރަށް ހޫނުގައި ތިބީ. އަޅުގަނޑުމެން ސަރުކާރު އައިސްގެން އެޑިއުކޭޝަން މިނިސްޓަރާއި ހަމަޔަށް އައި ބެލެނިވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެސުކޫލުގެ ދަރިވަރުންނަށް އެ ހޫނުގައި ކިޔަވަން ޖެހުން. ވަގުތުން އެކަމަށް އެޓެންޑްކޮށް ސުކޫލުތައް އޭސީ ކުރި. އަބަދުވެސް ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުންތައް އެޑިއުކޭޝަނުން އަޑުއަހާ އޭގެ ނަތީޖާ މި ދެންނެވީ ވެސް." މުޖާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު