އިއްޔެ އަކީ ރާއްޖެއަށް މިއަހަރު އެންމެ ގިނައިން ވާރޭ ވެހުނު އެއް ދުވަސްކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. މާލެއަށް ވެސް ހުއްޓުމެއްނެތި އެތައް އިރަކު ވާރޭވެހުނެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭން އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ކާޑެއްދުއަށް ކަމަށެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކާޑެއްދުއަށް 124.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ކާޑެއްދޫގެ އިތުރުން ދެން މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ބިލެތްދުއަށެވެ. އެ ރަށަށް 58.2 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއީ މި އަހަރު އެންމެ ގިނައިން ވާރޭ ވެހުނު އެއް ދުވަސްކަމަށެވެ.
މެޓް އޮފީހުން ބުނީ މި އަހަރު، އެއް ދުވަހުގެތެރޭގައި އެންމެ ގިނައިން ދެން ވާރޭ ވެހުނީ ޖުލައި މަހުގެ 31ގައި ރ. އަލިފުއްޓަށް ކަމަށެވެ. އެ ދުވަހު އަލިފުއްޓަށް 157 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.
ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މޫސުން ރަނގަޅުވާނެކާމަށް ބެލެވެނީ މި ހަފުތާގެ ފަހުކޮޅު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

Highest rainfall past 24hrs and this year's highest rainfall. pic.twitter.com/dwAOxj10o2
— Maldives Meteorology (@MetMaldives) September 4, 2022
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއީ މި އަހަރު އެންމެ ގިނައިން ވާރޭ ވެހުނު އެއް ދުވަސްކަމަށެވެ.
މެޓް އޮފީހުން ބުނީ މި އަހަރު، އެއް ދުވަހުގެތެރޭގައި އެންމެ ގިނައިން ދެން ވާރޭ ވެހުނީ ޖުލައި މަހުގެ 31ގައި ރ. އަލިފުއްޓަށް ކަމަށެވެ. އެ ދުވަހު އަލިފުއްޓަށް 157 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.
ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މޫސުން ރަނގަޅުވާނެކާމަށް ބެލެވެނީ މި ހަފުތާގެ ފަހުކޮޅު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު