މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭނީ ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކަމަށް އެމްޓީސީސީއިން ހާމަކޮށްފި އެވެ.
އެމްޓީސީސީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނަށް ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.
މިނީ ބަހުގެ ހިދުމަތް މާދަމާ ފަށާއިރު މާލޭގެ ތިން ރޫޓަކުން ދަތުރު ކުރާނެ އެވެ. އެއިން ކޮންމެ ރޫޓެއްގައި ދަތުރު ކުރާ ކޮންމެ ބަހެއް ވެސް، ބަސް ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ދަތުރެއް ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި ހިދުމަތް ފަށާއިރު ކުރިއަށް އޮތް ދެ ހަފްތާގައި ބަހުގެ ހިދުމަތް ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެއަށްފަހު ބަހުގެ ޚިދުމަތަށް 7ރ. ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ބަހުގެ ކިއުއާރް ޓިކެޓް އާރްޓީއެލް ވެބްސައިޓުން އަދި އެފްލިކޭޝަނުން ގަނެވޭހޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އާރްޓީއެލް އެފްލިކޭޝަން އެޕަލް އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.
އެމްޓީސީސީއިން ބުނީ އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރުކުރާއިރު މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރާނެ ކަމަށެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި 18 ބަސް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަސްތަކަށް ވާއިރު މިނީ ބަސްތަކުގައި 20 ނުވަތަ 22 މީހުންނަށް އިށީދިގެން އަދި 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެެ.

ކިޔުންތެރިންގެ ހިޔާލު