ބޭރު ގައުމުތަކުން ލޯނު ނަގަނީ އެ ލޯނުތައް އަނބުރާ ދެއްކޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި، އަމީރު ވިދާޅުވީ، ގައުމުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭކަމަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި އެނޫންވެސް ވިޔަފާރިތަކަށް އިޖުތިމާއީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީވާން ޖެހޭކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ހާސިލު ކުރަން ޖެހޭތީ ލޯނުނަގަން ޖެހެނީ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ބަރާބަރަށް ދަރަނި އަދާކުރެވެމުން ދާނެކަމުގެ ޔަގީންކަން އޮންނަނަމަ ލޯނު ނެގުމަކީ ގޯސްކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.



އަމީރު އެފަދައިން ވިދާޅުވިއިރު، މި އަހަރުގެ ޖޫން މަހު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތުގެ ދަރަނި 99 ބިލިއަނަށް މިހާރުވަނީ އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު