ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ދެމެދު އެއްވެސް ދެކޮޅުވެރިކަމެއް ނެތްކަމަށް އަމީރު ވިދާޅުވެއްޖެއެވެ.

، ރައީސް ނަޝީދާއި، މިނިސްޓަރު އަމީރާއި ދެބޭފުޅުން ވަރަށް ބޮޑަށް ދެކޮޅުވެރިކަމަށް ވާހަކަ ދެކެވޭކަމަށާއި، އަދި ރައީސް ނަޝީދު، އެކި ކަންކަމުގައި އަމީރަށް ބޮޑެތި ތުހުމަތުތައް ކުރައްވާކަމަށް ބުނެ ކުރިމަތި ކުރި ސުވާލަކާއި ގުޅިގެން އަމީރު ވިދާޅުވީ، ރައީސް ނަޝީދަކީ އެމަނިކުފާނު ވަރަށް "ލައިކްވާ" (ގަޔާވާ) ބޭފުޅެއް ކަމަށެވެ. އަދި ދެ ބޭފުޅުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް ވެސް ނެތްކަމަށް އަމީރު ވިދަޅުވި އެވެމ

ނަމަވެސް، ކުރާ މަސައްކަތުގެ ގޮތުން އިގުތިސާދާއި މާލީ ކަންކަމާއި އެނޫންވެސް ކަންކަމުގައި ރައީސް ނަޝީދު ދެކިވަޑައިގަންނަވާ ގޮތާއި އަމީރު، އެ ކަންކަމުގައި ދެކިވަޑައިގަންނަވާ ގޮތާމެދު ދެބޭފުޅުންގެ ދެމެދުގައި ބައެއް ފަހަރު ހިޔާލު ތަފާތުވުންތައް ހުންނަކަމަށް އަމީރު ވިދަޅުވި އެވެ.

"އިކޮނޮމިކްސް އަކީ އެގްޒޭކްޓް ސައިންސެއް ނޫން. ދެ މީހަކު އިކޮނޮމިކްސް އެއްގޮތަކަށް ނުދެކޭނެ. އެހެންވީމަ އެ ހިޔާލުތަފާތުވުންތައް ހުރުމަކީ އެއީ އަޅުގަނޑު ނުދެކެން ގޯސްކަމެއްގެ ގޮތުގައެއް." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ސިޔާސީ ކަންކަމަށް އޭނާ ނުކުމެވަޑައިގެންނެވީ ރައީސް ނަޝީދުގެ ގެކޮޅުކަމަށްވާ ކެނެރީގޭގައި ބައްދަލު ކުރައްވާފައި ކަމަށެވެ.

ދެބޭފުޅުންގެ ދެމެދުގައި އެއްވެސް ދެކޮޅުވެރިކަމެއް ނެތްކަމަށް އަމީރު ވިދާޅުވިނަމަވެސް، ރައީސް ނަޝީދު މީގެކުރިންވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމީރުގެ އިސްތަށިފުޅުގައި އަޅުއްވާފައެވެ. އެގޮތުން އެންމެ ބޮޑަށް ރައީސް ނަޝީދު ކުރައްވާ ތުހުމަތަކީ، ކޮވިޑް-19 އާއި ގުޅިގެން ހިނގި ވެންޓިލޭޓަރު ގެނައުމުގެ ކޮރަޕްޝަންގެ މައްސަލައެވެ.



ކިޔުންތެރިންގެ ހިޔާލު