ރ. އުނގޫފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލާން މިއަދު ހުކުމް ކޮށްފައިވަނީ، ދ. ދެއްވަދޫ ނޫމުތި އަޒުވަދު މުޙައްމަދުގެ މައްޗަށެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހެނދުނު އެމްއެމްއޭ ކުރިމަތިން، ސީވިއު ސްޕީޑް ކިޔާ ލޯންޗެއްގައި ރ. އުނގޫފާރަށް މަސްތުވާތަކެތި ގެންދަން އުޅުނު މައްސަލައެކެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަޒުވަދު އުމުރަށް ޖަލަށް ލުމާއިއެކު ދެލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މިއަދުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ހުކުމުގައި ވެއެވެ.
މި މައްސަލައިގައި އަޒުވަދާ ދެކޮޅަށް ދައުވާކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު 11 ވަނަ ދުވަހު ހެނދުނު، ލ. ގަން ތުނޑި އަމްސާ ޕެލަސް ޢަބްދުﷲ ސައީދު، އެމްއެމްއޭ ކުރިމަތިން ސީވިއު ސްޕީޑް ލޯންޗުގައި އުނގޫފާރަށް މަސްތުވާތަކެތި ގެންދަން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ސީވިއު ސްޕީޑް ލޯންޗުގައި އިން ޢަބްދުﷲ ސައީދުގެ ޖިންސުގެ ޖީބުން މަސްތުވާތަކެތި ފެނި އެކަމާ ސުވާލު ކުރުމުން އެއީ ރ. އުނގޫފާރަށް ފޮނުވުމަށް އަޒުވަދު މުޙައްމަދު ހަވާލު ކުރި އެއްޗެއް ކަމަށް ބުނެފައިވާތީ އަދި އެކަމަށް އަޒުވަދު އިއުތިރާފުވެފައިވާތީއެވެ.
އަޒުވަދަށް މިއަދު ކުރި ހުކުމުން އެނގޭ ގޮތުގައި އޭނާއަކީ މިފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު