ޓްރާންސްޕޯޓް ދާއިރާގެ ޤައުމީ ސަނަދު ހާސިލް ކުރާފަރާތްތަކަށް އިމްތިހާނަކާ ނުލައި ލައިސަންސްދޭން ނިންމައިފިއެވެ.
މިފަދަ ނިންމުމެއް ނިންމާފައިވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ދެމެދު ޓްރާންސްޕޯޓް ދާއިރާގެ ޤައުމީ ސަނަދު ހާސިލް ކުރާފަރާތްތަކަށް ލައިސަންސްދިނުމަށް ސޮއިކުރެވުނު ފަހުމުނާމާއަކާއެކުއެވެ.
މިއަދު ސޮއި ކުރި މި ފަހުމުނާމާގެ ދަށުން އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޤައުމީ ސަނަދު ހާސިލް ކުރާ ފަރާތްތަކަށް، ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފައިވެއެވެ. ހަމަ މިފަހުމުނާމާގެ ދަށުން ޤައުމީ ސަނަދު ހާސިލު ކުރެވޭނެ ހެވީ ވެހިކަލް އޮޕަރޭޓް ކުރަން ދަސްކޮށްދޭ އެކި ކޯސްތައް ތައާރަފް ކުރަން ނިންމާފައިވާކަމަށްވެސް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރައްްވާފައިވަނީ މިނިސްޓަރ ނަހުލާ އެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ހަސަނެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި @MoHEmv ދެމެދު ޓްރާންސްޕޯޓް ދާއިރާގެ ޤައުމީ ސަނަދު ހާސިލް ކުރާފަރާތްތަކަށް ލައިސަންސްދިނުމަށް ފަހުމުނާމާއެއްގައި މިއަދުވަނީ ސޮއިކޮށްފައެވެ. pic.twitter.com/O2fLR5t0jt
— Ministry of Transport and Civil Aviation (@MoTCAmv) September 4, 2022
މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރައްްވާފައިވަނީ މިނިސްޓަރ ނަހުލާ އެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ހަސަނެވެ.
ކިޔުންތެރިންގެ ހިޔާލު