އިބްރާހިމް ފަހީމް   4 ސެޕްޓެމްބަރު 2022 - 17:40
މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ހެންވޭރު ޝީރީންވިލާގައި ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުޙައްމަދު ސައީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނަތީޖާ ލިބިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ޝިއާއުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް މިދިޔަ މަހުގެ 17 ގައި ލިބިފައިވާ ކަމަށާއި ފޮރެންސިކް ތަހުލީލުތައް އަދިވެސް ކުރެވެމުންދާ ކަމަށެވެ. އަދި މުޅި މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ޕޯސްޓްމޯޓަމްގެ ނަތީޖާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.



ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާގެ މަރާއި ގުޅިގެން ޢަލީ ޝާހިލް ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު