ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް އައްޔަންކޮށްފިއެވެ.
އަހުމަދު އާތިފް ވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝާރ އިން އެކައުންޓިންގ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލްކޮށް، އެދާއިރާގައި 10 އަހަރު މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ އެކި މަގާމްތައް ހިމެނެއެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައިވެސް އޭނާ މަސައްކަތް ކޮށްފައިވެއެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް އަހުމަދު އާތިފް އައްޔަންކުރީ 2019 ވަނަ އަހަރުގައެވެ. އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ވަނީ ރެޖިސްޓާރޑް އޮޑިޓަރ އަދި ޓެކްސް އެޖެންޓެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ.
އެެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އަހުމަދު އާތިފް އައްޔަނުކުރިކަން ހާމަކުރަމުން އެޗްޑީސީން ބުނީ މެނޭޖިންގް ޑިރެކްޓަރކަމުގެ މަގާމަށް އައްޔަނުކުރި އާތިފްގެ އިރުޝާދާއި ލީޑަޝިޕްގެ ދަށުން އެޗްޑީސީ، އާ އުސްމިންތަކަކަށް ގެންދެވޭނެކަމަށް ގަބޫލުކުރާކަމަށެވެ. އަދި އާތިފަކީ ހިންގުންތެރި، އެންމެނާއި ގުޅިގެން މަސައްކަތްކުރާ ބޭފުޅެއްކަމަށްވެސްް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު