ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށައިފިއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓިސީސީން ބުނީ ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ބެޑް ތައްޔާރުކުރުމުގެ މަސައްކަތްތައްކަމަށް އެމްޓިސީސީން ބުނެއެވެ.



އެމްޓިސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާނެކަމަަށެވެ.

މި މަޝްރޫޢަކީ 27.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު