މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީ މިއަދު އިންތިހާބު ކޮށްފިއެވެ.
އެމްޖޭއޭގެ އާ ހިންގާ ކޮމެޓީ އިންތިހާބު ކޮށްފައިވަނީ، އެ ޖަމިއްޔާގައި ހިމެނޭ ޖުމުލަ 78 ނޫސްވެރިންނާއެކު މިއަދު ހަވީރު ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ހަތް މަގާމަށް މެންބަރުން ވަނީ އިންތިހާބު ކޮށްފައެވެ.
އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ކުރިން ވެސް އެ މަގާމުގައި ހުރި ވަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާނެވެ. އަދި، ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ ވަގުތު ނޫހުގެ ޑެޕިއުޓީ އެޑިޓަރު މުޙައްމަދު ޔާމީނެވެ. ސެކެޓްރީ ޖެނެރަލްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ދައުރު ނޫހުގެ ސީނިއަރ އެސޯސިއޭޓް އެޑިޓަރު އަޙްމަދު ނާއިފެވެ. ނާއިފަކީ މިހާރުވެސް އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލެވެ.
ބަޖެޓް ސެކްރެޓަރީގެ މަގާމަށް ވެސް އިންތިހާބު ކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުރި އަދަދު ނޫހުގެ އެސޯސިއޭޓް އެޑިޓަރު ނާޒިމް ޙަސަނެވެ. އަދި އާންމު މެންބަރެއްގެ ގޮތުގައި ދައުރު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު މުޒައްޔިން ނާޒިމް ވަނީ އިންތިޚާބު ކޮށްފައެވެ. އަދި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ދެ ޖާގައަށް އަދަދު ނޫހުގެ ނޫސްވެރިޔާ އައިޝަތު ނުޒުހާއާއި މިހާރު ނޫހުގެ ސީނިއާ ރިޕޯޓަރު އާސިމާ ނިޒާރު ވެސް ވަނީ އިންތިހާބު ކޮށްފައެވެ.
މިއަދު އިންތިހާބުކުރި ކޮމެޓިގެ މުއްދަތަކީ މި ހިނގާ 2022 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު