ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމަށް ށ. އަތޮޅުގައި ފަށާފައިވާ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ޕްލޭނިންގ މިނިސްްޓްރީން ހާމަކޮށްފިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމަށް ށ.އަތޮޅުގައި ދަތުރުތައް ފަށާފައިވަނި މިދިޔަ މަހުގެ 30ވަނަ ދުވަހުގައެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ‏ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިގެން ޝެޑިއުލާ އެއްގޮތަށް ދަނީ ކުރިއަށްކަމަަަށެވެ. އަދި ވޭތުވެދިޔަ 4 ދުވަހުގެ ތެރޭގައި 646 ފަސިންޖަރުން ށ. އަތޮޅުގެ 7 ރޫޓަކުން ދަތުރުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.



ށ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ދިނުމަށްޓަކައި 4 ފެރީއެއް ބޭނުންކުރެއެވެ.

ށ. އަތޮޅަކީ ޒޯން 1ގައި ހިމެނޭ އަތޮޅެކެވެ. އާރްޓީއެލްގެ ޚިދުމަތް ޒޯން 1ގައި ފެށީ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ. ޚިދުމަތް ފެށީ ހދ. އަތޮޅުންނެވެ. ހއ.އަތޮޅުގައި ޚިދުމަތް ފެށީ ޖުލައި މަހުގެ 3ވަނަ ދުވަހުއެވެ. ޒޯން1ގައި ހިމެނެނީ ހއ، ހދ، ށ، މި ތިން އަތޮޅެވެ.

މި ޚިދުމަތް ސަރުކާރުން ދޭން ކަނޑައަޅާފައިވަނީ ވީހާވެސް ކުޑަ އަގެއްގައެވެ. އެގޮތުން ކައިރި ރަށްރަށަށް 35 ރުފިޔާއަށް ދަތުރުކުރެވެއެވެ. ދުރު ރަށްރަށުގެ އަގުތައް އުޅެނީ 100ރުފިޔާއާއި 200ރުފިޔާއާ ދެމެދުގައެވެ.



ކިޔުންތެރިންގެ ހިޔާލު