އަހުމަދު މަސްނޫމް   3 ސެޕްޓެމްބަރު 2022 - 13:5
300 އަށްވުރެ ގިނަ ސައިކަލް ޕާކް ކުރެވޭނެ ޕާކިންގ ޒޯނެއް މާލޭގެ އަމީނީ މަގުގައި ހަދައިފިއެވެ.



މި ޕާކިންގ ޒޯން ހަދާފައިވަނީ އަމީނީ މަގުގެ ޓްރެފިކް ޕޮލިސް ކުރިމަތިން މާފަންނު ސްޓޭޑިއަމްގެ ބައެއްގައެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަމީނީ މަގުގެ ޓްރެފިކް ޕޮލިސް ސްޓޭޝަން ކައިރީގައި ހެދި ޕާކިން ޒޯނަކީ 335 ސައިކަލަށް ޕާކްކުރެވޭނެ ޒޯނެއްކަމަށެވެ.



ހޯމަ ދުވަހު މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަން ވަނީ ހަމަޖެހިފައެވެ.





އެކަމަށް ތައްޔާރުވުމުގެ ގޮތުން ބަހުގެ ރޫޓުތެރޭގައި ހިމެނޭ މަޖީދީމަގާއި ފަރީދީ މަގުގައި ހުރި ވެހިކަލްތައްޕާކް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އެ ސަރަހައްދުތަކުގައި އަންނަނީ ޕާކިން ޒޯންތައް ތަރައްޤީ ކުރަމުންނެވެ. އަދި ގިނަ ތަންތަނުގެ މަސައްކަތް ވަނީ ނިންމާފައެވެ.

ޕާކިންގ އިތުރުކުރުމަށް ބިން ދީފައިވަނީ، ހ.ސަމޯސާވިލާ ގެއިންނާއި، ހައިކޯޓު ކުރިމަތިން އޮންނަ ބިމާއި، އަމީނީމަގުން ދަރުބާރުގެ ކައިރީގައި އޮންނަ ރުއްގަނޑު ސަރަޙައްދާއި މާފަންނުން ކޮރަލް ބޮލެވަރޑް ސަރަޙައްދުންނާއި، އަދި މަޖީދީމަގުން ހީނާމާގެއާއި ބިއްލޫރިޖެހިގެއިންނެވެ. މީގެ އިތުރުންވެސް އިތުރު ބައެއް ބިންތައް މިކަމަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު